ޓައިޕް-ސީ ޕޯޓް ނެތް އައިފޯނެއް އުފެއްދުމަށް އެޕަލްއަށް އީޔޫއިން ހުއްދަ ދީފި

20 މާރިޗު 2025 - 04:25 0

އަހުމަދު ދާއޫދު

އ

ޔޫއެސްބީ ޓައިޕް ސީ ޕޯޓް ހިމެނުމަށް އީޔޫއިން މީގެ ކުރިން އެޕަލްއަށް ލާޒިމް ކުރި ---


ޓައިޕް-ސީ ޕޯޓް ނެތް އައިފޯނެއް އުފެއްދުމަށް އެޕަލްއަށް އީޔޫއިން ހުއްދަ ދީފި

20 މާރިޗު 2025 - 04:25 0

ޔޫއެސްބީ ޓައިޕް-ސީ ޕޯޓް ނެތް އައިފޯނެއް އުފެއްދުމަށް އެޕަލްއަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހުއްދަ ދީފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިއީ އެއްވެސް ޕޯޓެއް ނެތް ފޯނެއް ފުރަތަމަ ފަހަރަށް އެޕަލްއިން އުފެއްދުމުގެ މަގު ތަނަވަސްވެގެން ދިޔުމެކެވެ.

އެޕަލްގެ އުފެއްދުންތަކުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓެއްކަމުގައި، 9to5Mac އިން ބުނެފައިވާ ގޮތުގައި، ޔޫއެސްބީ ޓައިޕް-ސީ ޕޯޓް ނެތް، ހަމައެކަނި ވަޔަލެސްކޮށް ޗާޖުކުރެވޭ ފޯނެއް އުފެއްދުމަކީ އީޔޫގެ ގާނޫނާ އެއްގޮތްވާ ކަމެކެވެ. މި މައުލޫމާތު ދީފައިވަނީ ޔޫރަޕިއަން ކޮމިޝަންގެ ނޫސްވެރިންގެ އޮފިސަރު ފެޑެރިކާ މިކޮލީ އެވެ.

އެޕަލްއިން ކުރިން ރާވާފައިވަނީ އައިފޯން 17 އެއާ އަކީ އެ ކުންފުނީގެ ފުރަތަމަ ޕޯޓް ނެތް ފޯނުގެ ގޮތުގައި އުފެއްދުމަށެވެ. ނަމަވެސް، އީޔޫގެ ރެގިއުލޭޓަރުންގެ ފަރާތުން ދިމާވެދާނެ މައްސަލަތަކަށް ރިއާޔަތްކޮށް މި ވިސްނުން ބަދަލުކޮށްފައިވާ ކަމަށް މާކް ގަރމަން ފަދަ ޓެކްނޮލޮޖީ ދާއިރާގެ ތަހުލީލުވެރިން ބުނެއެވެ.

އީޔޫއިން ވަނީ އެޕަލްއަށް އައިފޯނުގެ ޗާޖިން ޕޯޓް ލައިޓްނިން ކަނެކްޓަރުން ޔޫއެސްބީ ޓައިޕް-ސީ އަށް ބަދަލުކުރުމަށް ގާނޫނީ ގޮތުން ލާޒިމުކޮށްފަ އެވެ. ނަމަވެސް، އެ ގާނޫނުގައި ހަމައެކަނި ވަޔާލެސްކޮށް ޗާޖުކުރެވޭ ފޯނުތައް އުފެއްދުމަށް ހުރަހެއް ނާޅަ އެވެ.

މި ކަމާ ގުޅޭ ގޮތުން އެޕަލްއިން ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ. ނަމަވެސް، މި ހުއްދަ ލިބުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި އެޕަލްއިން ޕޯޓް ނެތް އައިފޯނެއް ތައާރަފުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ދެކެއެވެ.

އެޕަލްގެ އައިފޯނުތަކުގައި ޔޫއެސްބީ ޓައިޕް-ސީ ޕޯޓް ބޭނުންކުރަން ފެށުމަކީ ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ހަބަރުތަކުގައި ވާހަކަ ދެކެވުނު މައުލޫއެކެވެ. 2022 ވަނަ އަހަރު ޔޫރަޕިއަން ޔޫނިއަނުން ފާސްކުރި ޤާނޫނަކުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހުރިހާ ސްމާޓްފޯނުތަކެއްގައިވެސް ޔޫއެސްބީ ޓައިޕް-ސީ ޕޯޓް ބޭނުންކުރުމަށް ލާޒިމުކުރިއެވެ.

މީގެ ސަބަބުން އެޕަލްއަށް ވަނީ އެ ކުންފުނީގެ އަމިއްލަ ލައިޓްނިން ޕޯޓް ދޫކޮށްލަން މަޖުބޫރުވެފަ އެވެ. އައިފޯން 15 ސީރީޒްގައި އެޕަލްއިން ވަނީ ޔޫއެސްބީ ޓައިޕް-ސީ ޕޯޓް ތަޢާރަފުކޮށްފައެވެ. އެހެން ނަމަވެސް، އެއްވެސް ޕޯޓެއް ނެތް ފޯނެއް އުފެއްދުމަކީ އެޕަލްގެ ކުރިމަގުގެ ވިސްނުމެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.