Advertisement

މަސައްކަތް މި ކުރަނީ ވަރަށް އަވަހަށް ސްޓޫޑެންޓް ލޯނު ހުޅުވާލަން: ހައިދަރު

18 މާރިޗު 2025 - 16:17 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު : އޭނާ ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ސްޓޫޑެންޓް ލޯނަށް ހުޅުވާލަން ކަމަށް --- ފޮޓޯ: އަދަދު


މަސައްކަތް މި ކުރަނީ ވަރަށް އަވަހަށް ސްޓޫޑެންޓް ލޯނު ހުޅުވާލަން: ހައިދަރު

18 މާރިޗު 2025 - 16:17 1

ރާއްޖެ އާއި ރާއްޖެއިން ބޭރުން ތައުލީމާއި ތަމްރީނު ހާސިލު ކުރުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ސްޓޫޑެންޓް ލޯނު ސްކީމުގެ ދަށުން މި އަހަރުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ސްޓޫޑަންޓު ލޯނަށް ހުޅުވާލުން ލަސްވެ، އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ރާއްޖެއިން ހައި ސްކޫލް ނިންމާ މަތީ ތައުލީމަށް ބޭރަށް ނުފުރި ތިބި ކުދިންނާއި އެ ކުދިންގެ އާއިލާތަކުންވެސް ދަނީ އެ މީހުންގެ ޝުއޫރުތައް ހާމަކުރަމުންނެވެ.

މިކަމާ ގުޅިގެން އަދަދު އިން ސުވާލުކުރުމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ލޯނަށް ހުޅުވާލުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށެވެ.

"ވަރަށް އަވަހަށް ހުޅުވާލާނަން އެނގޭތޯ. އަޅުގަނޑު މި ބަލަނީ މާދަމާވެސް ހުޅުވާލެވޭތޯ،" ހައިދަރު ވިދާޅުވި އެވެ.

ސަރުކާރުން އެންމެ ފަހުން ސްޓޫޑެންޓު ލޯނަށް ހުޅުވާލީ މިދިޔަ އަހަރުގެ ފެބްރުއަރީ ފަހުކޮޅު އެވެ. އެފަހަރު އިއުލާނުކުރީ 500 ލޯނު ދިނުމަށެވެ. ނަމަވެސް، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ލޯނު ދޭން ސަރުކާރުން ފަހުން ނިންމި އެވެ.

މި ނިންމުމާ އެއްގޮތަށް ދަރިވަރުން އެޕްލިކޭޝަން ހުށަހެޅި 1،709 ދަރިވަރުންގެ ތެރެއިން ލޯނު ދޭން ނިންމީ 1،153 ދަރިވަރުންނަށެވެ. ޝަރުތުހަމަވި ނަމަވެސް ލޯނު ނުދޭން ނިންމީ ހަމައެކަނި ޕައިލެޓުކަން ކިޔަވަން ހުށަހެޅި ބައެއް ދަރިވަރުންނަށެވެ.

ޕައިލެޓު ލައިސަންސް ސްލޮޓަށް ޝަރުތު ހަމަވި 148 ދަރިވަރުންގެ ތެރެއިން ލޯނު ދޭން ސަރުކާރުން ނިންމީ 10 ދަރިވަރުންނަށެވެ.

މިއަހަރު ލޯނަށް ހުޅުވާ ނުލާއިރު، ކުރީގެ ބުރުތަކުގައި ލޯނު ލިބިގެން ކިޔަވަން ގޮސް ތިބި ދަރިވަރުންނަށް ބައެއް ފަހަރު ބަރާބަރަށް ފައިސާ ނުލިބޭކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ދައުރުވެ އެވެ.