16 މާރިޗު 2025 - 03:14 3
16 މާރިޗު 2025 - 03:14 3
ޗައިނާގައި އަންނަ މަހު ކުރިއަށްދާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކުޅުންތެރިންނަށް ވާދަކުރަން ލިބިފައި އޮތް ފުރުސަތު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިހުމާލުން ގެއްލިފައިވާކަން ހާމަވެއްޖެ އެވެ.
އަންނަ މަހުގެ 8-13 އަށް ޗައިނާގެ ނިންބޯގައި ކުރިއަށްދާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕުން ރާއްޖޭގެ ހަތަރު ކުޅުންތެރިއަކަށް ފުރަތަމަ އެންޓްރީ ލިސްޓުން ފުރުސަތު ލިބުނެވެ. އެއީ، ސިންގަލްސް ބައިން، ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ (ނަބާ)، އަންހެން ޑަބަލްސް ބައިން، ނަބާހާ އާއި އައިމިނަތު ނަބީހާ، ފިރިހެން ޑަބަލްސް ބައިން، ނިބާލް އަހުމަދު އާއި ޒަޔާން އަދި މިކްސް ޑަަބަލްސް ބައިން، ޒަޔާން އާއި ނަބާހާގެ ޕެއާ އަށެވެ.
އެހެން އަހަރުތަކުގައި، ބެޑްމިންޓަން އޭޝިއާ އިން އެންޓްރީގެ ފުރުސަތު އޮތް ކުޅުންތެރިންގެ ލިސްޓު، އެ ގައުމެއްގެ އެސޯސިއޭޝަނަށް ފޮނުވުމުން އެ އެސޯސިއޭޝަނުން ކުޅުންތެރިންގެ އެންޓްރީ ހަދައިދީ، ކުޅުންތެރިންނަށް އެކަމުގެ މައުލޫމާތު ފޯރުކޮށްދެ އެވެ. އެކަމަކު، މި ފަހަރު، ފުރަތަމަ އެންޓްރީ ލިސްޓުގެ މުއްދަތު ހަމަވިއިރު، އެކަމުގެ މައުލޫމާތު ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން އެއްވެސް ވަރަކަށް ހިއްސާނުކޮށް މުއްދަތު ފަހަނައަޅަންދެން ބޭއްވުމާ ގުޅިގެން، އެންޓްރީގެ ދެ ވަނަ ލިސްޓު ނެރުނުއިރު، ރާއްޖޭގެ އެއްވެސް ކުޅުންތެރިއަކަށް ފުރުސަތެއް ނެތެވެ.
އެ ހިސާބުން ކުޅުންތެރިންނަށް އެކަމުގެ މައުލޫމާތު ލިބުމާ އެކު، ގައުމީ ބެޑްމިންޓަން ޗެމްޕިއަން، އަދި ރާއްޖެ އަށް ގިނަ މެޑަލްތަކެއް ހޯދައިދީފައިވާ ނަބާ، ވަނީ މި ކަން ހިނގައިދިޔަގޮތް ސާފުކުރަން ބެޑްމިންޓަން އެސޯސިއޭޝަނަށް އީމެއިލެއް ކޮށްފަ އެވެ. އެކަމަކު، އެ އަށް އެސޯސިއޭޝަނުގެ ޖަވާބެއް ލިބިފައިނުވެ އެެވެ.
އެއާ އެކު، ނަބާ ވަނީ އެސޯސިއޭޝަންގެ ޖަވާބު ނުލިބޭތީ އާއި އެކި ފަހަރު މަތިން އެސޯސިއޭޝަންގެ ފަރުވާކުޑަކަމުގެ ސަބަބުން ކުޅުންތެރިންނަށް މި ފަދަ ގެއްލުންތައް ކުރިމަތިވަމުން އަންނާތީވެ، މިކަން ހިނގައިދިޔަ ގޮތް ސާފުކުރަން، ކަމާބެހޭ އެކި ފަރާތްތަކަށް މެއިލްކޮށްފަ އެވެ. އޭގެ ތެރޭގައި، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި ސްޕޯޓްސް މިނިސްޓްރީ ހިމެނެ އެވެ.
ނަބާ ބުނީ، ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގެ ފުރުސަތަކީ، ކުރިއަށްދިއުމަށް ބަލާއިރު ވަރަށް މުހިންމު މުބާރާތެއް ކަމަށާއި އެ މުބާރާތުން ފުރުސަތު ލިބިފައި އޮވެ، ބޭނުންނުހިފި ދިއުމަކީ، ރޭންކިން ޕޮއިންޓްތައް ގެއްލި އޭނާގެ ކެރިއަރަށް ވެސް ލިބޭ ވަރަށް ބޮޑު ދެރައެއްކަން ފާހަގަކޮށްފަ އެވެ.
މި ފަހަރުގެ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގެ ތިން އިވެންޓެއްގައި ވާދަކުރުމުގެ ފުރުސަތު ނަބާ އަށް ލިބިފައި އޮވެ، އެ ފުރުސަތު އޭނާ އަތުން މި ގެއްލުނީ، އެސޯސިއޭޝަނުގެ އިހުމާލުންނެވެ.
ބެޑްމިންޓަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ކޮމީޓީގެ ދައުރު، މިދިޔަ އަހަރުގެ މާޗް މަހުގެ 11 އަށް އޮތީ ހަމަވެފަ އެވެ. އެކަމަކު، މި ވަގުތު ވެސް ރަސްމީ ހައިސިއްޔަތުން ބެޑްމިންޓަން އެސޯސިއޭޝަނުން، އެންމެ އިސް ފަރާތެއްގެ ގޮތުގައި މުއާމަލާތު ކުރަމުން އަންނަނީ، އެ ހިންގާ ކޮމިޓީގެ ނައިބު ރައީސް އަހުމަދު ޝާކިރު މޫސާ އެވެ. ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފްގެ ވެބްސައިޓް ބުނާގޮތުން، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސަކީ، ޝާކިރު އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަން ކުރައްވަމުން އައި މޫސާ ނާޝީދު (މޫސަ) ވަނީ މިދިޔަ އަހަރު ޖުލައި މަހު އިސްތިއުފާދީފަ އެވެ. މޫސައާ ގުޅޭ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިޔާނާތުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ސްޕޯޓްސް ކައުންސިލް ދަށަށް ގެންނަން ނިންމައިފަ އެވެ. އެ މައްސަލައާ ދެކޮޅަށް ބެޑްމިންޓަން އެސޯސިއޭޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު، ކޯޓުން ނިންމީ ބެޑްމިންޓަން އެސޯސިއޭޝަނާ ދެކޮޅަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެޑްހޮކް ކޮމިޓީއެއް އެކުލަވާލުމުގެ މަޝްވަރާތައް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންއާ އެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ ވިދާޅުވެފަ އެވެ.
20.00%
0.00%
80.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އީޓީ
about 1 month ago
ބޭނުން އެޗެއް ހަދާނީ ދެންވެސް، ރާއްޕެއެއް، ތޮލާލް އެއް ކިޔާނެ ކަމެއްނެތް. ސަސްޕެންޑް ވާންޖެހޭނީ. މޫސަގެ ޑީލްސް ފެއިލްވިޔަ ނުދެވޭނެ. އޭނައަކީ މުޅި ބެޑްމިންޓަން. އަހްމަދު އިސްމާއިލް އާ ތަމޫހް ވެސް ހަދާން ނައްޓާލާ. މޫސަ އަކި ލެގެންޑް އެއް. އިއްޕަ އާ ޒަޔާން މީ ކޮން ބަޔެއް ބެޑްމިންޓަން އަށް ގޮތްކިޔަން. ދެން ޕުޗޫ އާ ޒިޔާ. ބޯހަލާކު
އަތޮޅޭސް
about 1 month ago
ހަގީގަތަކީ ޝާކިރުބެ ވެސް ބޭނުމީ މޫސަ އަށް ޓަކާ ގުރުބާންވާން. އޭނަހުރީ 3 މަސް ރާއްޖެތެރެއަށް ދާން ފޮށި ރެޑީ ކޮށްފަ. ކުޅުން ތެރިންނާ ކުޅުންތެރިން. ހަޒާންދާރު 2 އަހަރުވީ ރަށުގަ ހުންނަތާ.
މީހާ
about 1 month ago
ބެޑްމިންޓަން އެސޯސިއޭޝަންގެ އިހުމާލެކޭ މިހާރަކު ނުކިޔޭނެ. އެއީ އޮތްތަނެއް ކަމަކަށް ނަން ފާހަގަކޮށްފައިވާ ކުޅުންތެރިންނެއް ވެސް އަދި ސަރުކާރަކުންވެސް ޤަބޫލެއް ނުކުރޭ. މިފަހަރު ތިޔައީ ހަމަ ސްޕޯރޓްސް މިނިސްޓްރީގެ މައްސަލަ. މިނިސްޓަރު ރާފިއުގެ މައްސަލަ. ކަމެއް ހައްލުކޮށްލަން ނޭނގޭވަރުގެ މީހުން މަޤާމްތަކުގަ ތިބީމަ ވާނީ ތިހެން.
Comment