11 މާރިޗު 2025 - 08:27 0
މުހައްމަދު ޝަހްޒާން
11 މާރިޗު 2025 - 08:27 0
މޯލްޑިވިސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު، އަހުމަދު އިމާދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުލްލަތީފް މުހައްމަދު ހުށަހަޅައިފި އެވެ.
މެންބަރު ލަތީފް ހުށަހެޅުއްވީ އެމްއެމްއޭގެ ޑެޕިއުޓީ މޭޔަރުކަމުގައި ހުންނަވައިގެން އަދާ ކުރަންޖެހޭ ޒިންމާތައް އިމާދު އުފުލާފައި ނުވާތީ އޭނާ އެ މަގާމުން ވަކި ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރުމަށެވެ.
އިމާދު ވަކިކުރަން މަޖިލީހަށް މައްސަލަ ހުށަހެޅީ, އެމްއެމްއޭއަށް ހުޅުމާލޭން ބިން ގަންނަން އެ އޮތޯރިޓީގެ ބޯޑުން ނިންމި ނިންމުން ރިވިއުކުރަން އޭނާ ހިމެނޭހެން ބޯޑުގެ ތިން މެންބަރަކު ހުށަހަޅާފައި ވަނިކޮށެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގޮތަށް ބޯޑުން ނިންމި ޖަލްސާގައި އިމާދު ބައިވެރިނުވެ އެވެ.
ސާދަ ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރަން ނިންމި ނިންމުން ރިވިއުކުރަން ހުށަހެޅި އެމްއެމްއޭގެ ބޯޑުގެ ތިން މެންބަރުންގެ ތެރޭގައި އިމާދު ހިމެނެ އެވެ. އެ ނިންމުން ރިވިޔުކޮށް ދޭން ދެން ހުށަހެޅުއްވީ ފިނޭންސް މިނިސްޓްރީން ބޯޑަށް ކަނޑަައަޅާފައި ހުންނަ ޑިރެކްޓަރު އަހުމަދު ޒަޔާން މުހައްމަދު، އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައި ހުންނަ ޑިރެކްޓަރު ޝުހާދު އިބްރާހިމް އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment