Advertisement

ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މިރޭ މާލޭގައި ހިންގަނީ

10 މާރިޗު 2025 - 22:45 0

މިރޭގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ސިފައިންގެ މީހަކު: މާލޭގެ އިތުރުން ހުޅުމާލޭގައި ސަލާމަތީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މިރޭ މާލޭގައި ހިންގަނީ

10 މާރިޗު 2025 - 22:45 0

ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މިރޭ މާލޭގައި ކުރިއަށްގެންދާނެކަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގަނީ އެ އިދާރާއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށެވެ. ފުލުހުން މަސައްކަތް ކުރަމުންދާތީ ސިފައިންނާއެކު ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ގައުމީ ސަލާމަތާ ގުޅޭ އޮޕަރޭޝަނެއް ފުލުހުން މި ހިންގަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތެއް ސަލާމަތީ ބާރުތަކަށް ލިބިގެންނެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދާ އެ އޮޕަރޭޝަނުގައި މާލޭގެ ބައެއް ގެތަކާއި ހުޅުމާލޭގެ ބައެއް ތަންތަން ވެސް ދަނީ ބަލައި ފާސް ކުރަމުންނެވެ. އެ އޮޕަރޭޝަނުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދަނީ ހަތިޔާރާއެކު ކަމަށް ބެލެވެ އެވެ.

ސަލާމަތީ ބާރުތަކުން ބަލައި ފާސް ކުރަމުންދާ އެއް ތަނަކީ ޝަބްނަމް މަގުގައި ހުންނަ ގެއެކެވެ. އޭގެ އިތުރުން ޖުމްހޫރީ މައިދާން ކައިރިން ދަތުރު ކުރި ދެ ލޮރީއެއް ހުއްޓުވައި ފާސްކޮށްފައިވާ ކަމަށް ވެސް މި ވަގުތު މާލެ ތެރޭގައި ހަރަކާތްތެރިވަމުންދާ އަދަދު ގެ ނޫސްވެރިން ބުނެ އެވެ.

މިރޭގެ އޮޕަރޭޝަނުގެ ތެރެެއިން އެކަކަށް ވުރެ ގިނަ މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް މި ނޫހުގެ ނޫސްވެރިން ބުނެ އެވެ. ހައްޔަރު ކުރި ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެ އެވެ.

ތަފުސީލު އަންނަނީ ---