10 މާރިޗު 2025 - 06:45 2
ސާއިފް ޝިޔާދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިގުރާރުގައި އަޒްމިރާލްދާ ސޮއިކުރައްވަނީ. އޭނާއަކީ ރާއްޖޭގެ އެންމެ މަތީ ކޯޓަށް އައްޔަނު ކުރެވުނު އެންމެ ފުރަތަމަ އަންހެން ފަނޑިޔާރުންގެ ތެރެއިން އެކަކު --- ފޮޓޯ: ރައީސް އޮފީސް
10 މާރިޗު 2025 - 06:45 2
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރަށް ސުލޫކީ މައްސަލަތަކެއްގެ ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށްގެންދާ ތަހުގީގުގައި ބާއްވަން ނިންމާފައިވާ އަޑުއެހުންތައް ނުބޭއްވި ލަސްވަމުން ދަނީ އެ މައްސަލައިގެ ލިޔެކިޔުންތައް ޖޭއެސްސީއަށް ނުދެވޭތީކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.
އަޒްމިރާލްދާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށެވެ.
އޭނާ ހިމެނޭހެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ)ން ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ އެވެ.
އިއްޔެ އާއި މިއަދު ވެސް އަޒްމިރާލްދާ ތަހުގީގުގެ ބޭނުމަށް ޖޭއެސްސީއަށް ހާޒިރު ކުރަން ތާވަލުކޮށްފައި އޮތް ނަމަވެސް އަދިވެސް ފަނޑިޔާރާ ޗިޓު ހަވާލު ނުކުރެވޭކަން ވަނީ ޔަގީން ކުރެވިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޗިޓު ހަވާލު ނުކުރެވެނީ މައްސަލައާ ގުޅޭ ސިޓީ އާއި މުޅި މައްސަލައިގެ ގުޅުންހުރި ލިޔުންތަކާއި، މުއާމަލާތްތަކާއި، އޭގެ ޓައިމްލައިން ހޯދުމަށް އަޒްމިރާލްދާ އެދިވަޑައިގަތުމުން ވެސް، ޖޭއެސްސީއަށް އެ މައުލޫމާތު ފޯރުކޮށް ނުދެވޭތީ އެވެ.
އެކި މަސްދަރުތަކުން "އަދަދު" ނޫހަށް ޔަގީން ކުރެވިފައިވާ ގޮތުގައި މައްސަލައިގައި އޮތީ ހަމައެކަނި އޭސީސީގައި މައްސަލައެއް ރެޖިސްޓްރީ ކުރި ކަމުގެ ލިޔުމެކެވެ. އިތުރު އެއްވެސް ހެއްކެއް ލިޔެކިޔުމެއް ނެތެވެ.
އެ ތަހުގީގުގައި ބާއްވާ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔުމަށް ވަކީލުން މެދުވެރިކޮށް ފަނޑިޔާރު އަޒްމިރާލްދާ އެދިވަޑައިގަތެވެ. ނަމަވެސް، ޖޭއެސްސީން ނިންމީ ތަހުގީގު އަޑުއެހުންތައް ސިއްރު ކުރުމަށެވެ.
އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމަށް އަޒްމިރާލްދާ އެދުނީ އެ ކޮމިޝަންގެ ގާނޫނުގެ 28 ވަނަ މާއްދާއިން އެ ފުރުސަތު ތަނަވަސްވާތީ އެވެ. މީގެ ކުރިން ވެސް އެ ކޮމިޝަނުން, ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.
25.00%
0.00%
75.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސައިޚް
about 1 month ago
ދެން އޭ.ސީ.ސީ. ސާމިލްކައިރީ ބުނެގެން ލިޔުމެއް ހަދާބަލަ،
ބޭއިންސާފު
about 1 month ago
ދައުވާ ލިބޭ ފަރާތުން ހުޅުވާލައިގެން އަޑުއެހުން ބާއްވަން އެދުނީމަ އެކަމަށް ސަރުކާރުން އެއްބަސް ނުވީމަ އެބަ އެނގޭ މީގަ ގޯސް ހަދައިގެން މިއުޅެނީ ސަރުކާރުންކަން
Comment