Advertisement

ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީ ވެރިޔަކީ ރައީސް މުއިއްޒުގެ މެންބަރު ޔަޒްމީދު

10 މާރިޗު 2025 - 06:06 0

އަހުމަދު އާއިދު

އ

Advertisement

ރައީސް މުއިއްޒު، ޖޭއެސްސީގައި އިންނަވާ އެމަނިކުފާނުގެ މެންބަރު ޔަޒްމީދާއެކު --- ފޮޓޯ: ރައީސް އޮފީސް


ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީ ވެރިޔަކީ ރައީސް މުއިއްޒުގެ މެންބަރު ޔަޒްމީދު

10 މާރިޗު 2025 - 06:06 0

Advertisement

Advertisement

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަހުގީގު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ކޮމިޓީ ޗެއާ ކުރައްވަނީ އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ މެންބަރު ޔަޒްމީދު މުހައްމަދުކަން އެނގިއްޖެ އެވެ.

ތިން މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އެ ކޮމިޓީގައި ތިއްބަވަނީ ޔަޒްމީދުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް އާއި ވަކީލުންގެ މެންބަރު އަލީ އަބްދުއްލަތީފެވެ.

Advertisement

ތަހުގީގު ކޮމިޓީ އަށް ޔަޒްމީދު އައްޔަން ކުރީ، އެ ކޮމިޓީގައި ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ހިމެނޭކަން ހާމަވެ، ފާޑުކިޔުން އަމާޒުވުގެން އުޝާމް އިސްތިއުފާ ދެއްވުމުންނެވެ.

ޖޭއެސްސީ އިން ތަހުގީގުކުރަމުން ދަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ގެ ދެ މައްސަލައެކެވެ.

އެ ކޮމިޝަނުން ބަލަމުންދަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލަ އަކާއި ހައި ކޯޓުގެ މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ފަހުން އިސްތިއުފާދެއްވި ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރާލްދާ އިންނެވި ކަމަށް ބުނާ މައްސަލަ އެވެ.

Advertisement

ޖޭއެސްސީއަށް ހާޒިރުވާން މަހާޒް އާއި އަޒްމިރާލްދާއަށް އަންގައިފި

ކޮމިޝަނަށް ހާޒިރުވާން އެންގީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރަށެވެ. ޖޭއެސްސީން އެ ދެ ފަނޑިޔާރުންނަށް ކުރާ ތުހުމަތަކީ، އަޒްމިރާލްދާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރު ކުރުމުން، އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވުމެވެ.

ޖޭއެސްސީއަށް ހާޒިރުވާން މަހާޒް އާއި އަޒްމިރާލްދާއަށް އަންގައިފި

ކޮމިޝަނަށް ހާޒިރުވާން އެންގީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރަށެވެ. ޖޭއެސްސީން އެ ދެ ފަނޑިޔާރުންނަށް ކުރާ ތުހުމަތަކީ، އަޒްމިރާލްދާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރު ކުރުމުން، އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވުމެވެ.

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، އެކަމަށް ހުރަސް އެޅުމަށްޓަކައި އޭސީސީ މެދުވެރިކޮށް، ޖިނާއީ މައްސަލައެއް ބަލާކަމަށް ހަދައި ޖޭއެސްސީއަށް ސިޓީ ފޮނުވުމުން ސަސްޕެންޑުކުރީ ފަނޑިޔާރު ހުސްނުއް ސުއޫދު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެވެ.

ސުޕްރީމް ކޯޓުގެ ފަނޑީޔާރުންނަށް ރައީސް މުއިއްޒު އާއި ބަންޑާރަ ނައިބު އުޝާމް ބިރު ދައްކައި ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ސުއޫދު އިސްތިއުފާ ދެއްވުމުން، ޖޭއެސްސީން އޭނާގެ މައްސަލައެއް ދެން ނުބެލޭނެ އެވެ.

ރައީސްގެ މެންބަރު ޔަޒްމީދު ޗެއާކުރައްވާ ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގަށް ފަނޑިޔާރު މަހާޒު އިއްޔެ ހާޒިރުކުރި އެވެ. ފަނޑިޔާރު އަޒްމިރާލްދާ އިއްޔެ ހާޒިރުކުރަން އޮތް އޮތުން ފަސްކުރުމަށްފަހު އެ ބައްދަލުވުމަށް މިހާތަނަށް ގަޑި ކަނޑައަޅާފައެއް ނުވެ އެވެ.

ތަހުގީގީ ކޮމިޓީ ޗެއާކުރައްވާ ޔަޒްމީދަކީ ގާނޫނީ ދާއިރާގެ ތަޖުރިބާއެއް އޮތް ބޭފުޅެއް ނޫނެވެ. އެކައުންޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޔަޒްމީދު އެ މަގާމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމުގެ ތިން ދުވަސް ކުރިން ފެބްރުއަރީ 23، ގަ އެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިނގިލީ ދާއިރާއަށް ޔަޒްމީދު ވާދަ ކުރެއްވި އެވެ.