Advertisement

އަޒްމިރާލްދާގެ އެދުނު ގޮތާ ހިލާފަށް ޖޭއެސްސީން ނިންމީ އަޑުއެހުން ސިއްރުކުރަން

9 މާރިޗު 2025 - 13:21 0

އަހުމަދު އާއިދު

އ

Advertisement

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް، ހުސައިން ރިޒާ: ސުލޫކީ މައްސަލައިގައި އަޒްމިރަލްދާ އެދިވަޑައިގަތީ އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ކުރިއަށް ގެންދަން -- ފޮޓޯ: ރައީސް އޮފީސް


އަޒްމިރާލްދާގެ އެދުނު ގޮތާ ހިލާފަށް ޖޭއެސްސީން ނިންމީ އަޑުއެހުން ސިއްރުކުރަން

9 މާރިޗު 2025 - 13:21 0

Advertisement

Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއްގެ ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށްގެންދާ ތަހުގީގުގައި ބާއްވާ އަޑުއެހުންތައް ސިއްރުކުރަން އެ ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީން މިގޮތަށް ނިންމީ އެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އަޒްމިރާލްދާ އެދިފައި ވަނިކޮށެވެ.

Advertisement

އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމަށް އަޒްމިރާލްދާ ގާނޫނީ ވަކީލުން ޖޭއެސްސީގައި އެގޮތަށް އެދުނީ އެ ކޮމިޝަންގެ ގާނޫނުގެ 28 ވަނަ މާއްދާއިން އެ ފުރުސަތު ތަނަވަސްވާތީ އެވެ. މީގެ ކުރިން ވެސް އެ ކޮމިޝަނުން, ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.

ޖޭއެސްސީން ފުރަތަމަ އެންގީ ފަނޑިޔާރު އަޒްމިރާލްދާ މިއަދު ހެނދުނު 11:00 އަށް އެ ކޮމިޝަނަށް ހާޒިރުވުމަށެވެ. ނަމަވެސް، މާދަމާގެ ގަޑިއަކަށް ތަހުގީގު އަޑުއެހުން ވަނީ ފަސްކޮށްފަ އެވެ.

އަޒްމިރާލްދާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށެވެ.

Advertisement

އަޒްމިރާލްދާ ސަސްޕެންޑުކުރީ, އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ)ން ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ ލިބުނު ސިޓީއަކާ ގުޅިގެން, ގާނޫނު އަސާސީ ބަދަލުކުރި މައްސަލައިގެ އަޑުއެހުމަކަށް ކުޑަތަން ވެފައި ވަނިކޮށެވެ.

ޖޭއެސްސީން މިހާރު ބަލަމުން ގެންދާ ސުލޫކީ މަައްސަލަތައް ބަލަން ފެށީ ކޮޮރަޕްޝަން ހިނގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސަސްޕެންޑުކުރި ފަހުންނެވެ. އެ ކޮމިޝަނުން ބަލަމުންދަނީ އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލަ އެވެ.

އެ މައްސަލާގެ އިތުރުން ޖޭއެސްސީން ބަލަނީ ހައި ކޯޓުގެ މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ފަހުން އިސްތިއުފާދެއްވި ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރާލްދާ އިންނެވި ކަމަށް ބުނާ މައްސަލަ އެވެ.

މީގެ ކުރިން އަޒްމިރާލްދާގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަޒްމިރާލްދާ ސަސްޕެންޑުކޮށް، ހަމަ އެ ދުވަހުގެ ވަގުތެއްގައި އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އަންގާފައިވާއިރު، އެ މައްސަލަތަކަކީ އަސްލެއް އަދި އަސާސެއް ނެތި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމަށެވެ.

އަޒްމިރާލްދާ ފިރިކަލުން ދޫކޮށްލަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެ ކޯޓުގެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކޮށް, ބަޔާން ވަނީ ނަގާފަ އެވެ.

ޖޭއެސްސީން ރަސްމީކޮށް ނުބުނި ނަމަވެސް "އަދަދު" އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުން ވަނީ ކްރިމިނަލް ކޯޓުގެ ގާޒި އިބްރާހިމް ޒިހުނީގެ ބަޔާނާއި ގާޒީ ސަފްއަތު ހަބީބުގެ ބަޔާން ނަގާފަ އެވެ.

ފަނޑިޔާރުންގެ މައްސަލަތަކެއް ފެންމަތިކޮށް، ގޮނޑި ގެއްލުވައިލެވޭ މާއްދާ ބާތިލް ކުރަން ހުށަހެޅި މައްސަލަ ޕާކުކުރަން މަޖުބޫރުވެފައިވާއިރު, ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފެބްރުއަރީ 26، ގައި ވަނީ ބިލެއް ފާސްކޮށްފަ އެވެ.

ކޯޓުތަކާ ބެހޭ ގާނޫނު ބަދަލުކުރުމުގެ ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރި ނަމަވެސް, މިއަދާ ހަމައަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުނުކުރައްވަ އެވެ.