Advertisement

ކްރިމިނަލް ކޯޓުގެ ދެ ފަނޑިޔާރުން މިރޭ އޭސީސީއަށް ހާޒިރުކުރަން ޗިޓު ފޮނުވައިފި

8 މާރިޗު 2025 - 16:16 1

ލީވާން އަލީ ނާސިރު

ލ

Advertisement

ކްރިމިނަލް ކޯޓު: އެ ކޯޓުގެ ދެ ފަނޑިޔާރުން މިރޭ އޭސީސީއަށް ހާޒިރުވާން ވަނީ ޗިޓު ފޮނުވާފައި -- ފޮޓޯ: އަދަދު ފައިލް


ކްރިމިނަލް ކޯޓުގެ ދެ ފަނޑިޔާރުން މިރޭ އޭސީސީއަށް ހާޒިރުކުރަން ޗިޓު ފޮނުވައިފި

8 މާރިޗު 2025 - 16:16 1

Advertisement

Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ދޫކޮށްލަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެ ކޯޓުގެ ދެ ފަނޑިޔާރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކުރަން ޗިޓު ފޮނުވައިފި އެވެ.

އަދަދު އަށް އެކި މަސްދަރުތަކުން ޔަގީން ކުރެވިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ ދެ ފަނޑިޔާރުން އޭސީސީއަށް މިރޭ ހާޒިރުވާން ޗިޓު ފޮނުވީ މިރެ އެވެ. އަދި އިތުރު ފަނޑިޔާރަކު މާދަމާ އެ ކޮމިޝަނަށް ހާޒިރުވާން ވެސް ވަނީ ޗިޓު ފޮނުވާފަ އެވެ.

Advertisement

އޭސީސީއަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ހާޒިރުކުރާއިރު، އެ ކޯޓުގެ ފަނޑިޔާރު އިބްރާހިމް ޒިހުނީ އާއި ފަނޑިޔާރު ސަފްއަތު ހަބީބުގެ ބަޔާން ޖޭއެސްސީން މިދިޔަ ހަފްތާގައި ވަނީ ނަގާފަ އެވެ.

ނުފޫޒު ފޯރުވި މައްސަލައިގައި ޖޭއެސްސީން ތުހުމަތުކުރަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރަށާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާށެވެ. އެ ދެ ފަނޑިޔާރުން މި ވަގުތު ތިބީ ސަސްޕެންޝަނުގަ އެވެ. ނަމަވެސް އެއީ މި މައްސަލައާ ގުޅިގެން ނޫނެވެ.

އެ ދެ ފަނޑިޔާރުންނާއި ސުޕްރީމް ކޯޓުން އިސްތިއުފާދެއްވި ހުސްނުއްސުއޫދު ޖޭއެސްސީން ސަސްޕެންޑުކުރީ އޭސީސީ އިން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެ މައްސަލައިގެ އެއްވެސް ތަފުސީލެއް ހާމަކުރަން އޭސީސީން ވަނީ ދެކޮޅު ހަދާފަ އެވެ.

Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް, ސުލޫކީ މައްސަލަތައް ބަލަން ފެށީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި މައްސަލަ ބަލަމުންދަނިކޮށެވެ. ފަނޑިޔާރުން ސަސްޕެންޑުކުރި ކަން އެންގީ ވެސް އެ މައްސަލައިގައި ނެރެދޭން އެދުނު ވަގުތީ އަމުރެއްގެ އަޑުއެހުމަށް ކުޑަތަން ވެފައި ވަނިކޮށެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ އިތުރުން, ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ބިލެއް ވެސް ފާސްކޮށްފަ އެވެ. އެކަމަކު އެ ބިލު މިހާތަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އަޖުވަދު

6 days ago

ފިޔާޒޫ ތިހިރީ ކަން ކުރާ ގޮތް، މަޑުކުރި ނަމަ އެމީހުންގެ ތެރެއިން އެކަކު ގޮވައިގެން އަންނާނީ ޝާމިލު ކަން ފެންނާނެ!