6 މާރިޗު 2025 - 14:42 0
ލީވާން އަލީ ނާސިރު
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު މިހާރު ދިރިއުޅުއްވަނީ ގާނާގައި -- ފޮޓޯ: އަދަދު ފައިލް
6 މާރިޗު 2025 - 14:42 0
މާލެ ސިޓީ ކައުންސިލުން, މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ހުރި ގަސްތައް ކަނޑާތީ ޖިނާއީ ދައުވާ އުފުލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގެ މަގެއްގެ ދެ އަރިމަތީގައި ހުރި ގަސްތައް ކަނޑާފައި ހުރި މަންޒަރު ފެންނަ ވީޑިއޯއަކާއެކީ ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ހިތު ހުރިގޮތަކަށް ގަސްތައް ކެނޑުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
"މި ކަމުގައި ކައުންސިލްގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ޖެހޭ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މިހާތަނަށް ސިޓީ ކައުންސިލުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
މާލޭ ސިޓީގެ އެކި ސަރަހައްދުތަކުން މާލެ ސިޓީ ކައުންސިލުން ގަސްތައް ކަނޑަމުންދާތީ އެކަމާ ގުޅިގެން މީގެ ކުރިން ބައެއް އާންމުން ވެސް ނުރުހުން ފާޅުކޮށްފައިވެ އެވެ. ނަމަވެސް ކައުންސިލުން ބުނަނީ އެކަން ކުރަނީ ރައްޔިތުންގެ ޝަކުވާތައް ވެސް ލިބޭތީ ކަމަށެވެ.
މާލޭގައި ހުރި ގަސްތައް ސިޓީ ކައުންސިލުން ކަނޑަމުންދާއިރު, ހުޅުމާލޭގައި ހުންނަ ގަސްތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑާތީ އެކަމާ ގުޅިގެން ބައެއް އާންމުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment