6 މާރިޗު 2025 - 09:14 0
ބްރިޖު މަތިން ފުންމާލި މީހާ ސަލާމަތް ކުރަނީ: އެ މީހާ ފުންމާލީ ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ބްރިޖެއް މަތިން -- ފޮޓޯ: ސޯޝަލް މީޑިއާ
6 މާރިޗު 2025 - 09:14 0
މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު މަތިން މޫދަށް ފުންމާލި މީހަކު ފުލުހުން ސަލާމަތްކޮށްފި އެވެ.
މި ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ އެ މީހާ ފުންމާލީ މިއަދުގެ ފަހިތުގެ ވަގުތެއްގައި ކަމަށެވެ. މި ހާދިސާއާ ގުޅޭ މައުލޫމާތެއް ފުލުހުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
ދައުރު ވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ ސަލާމަތް ކުރުމަށް ހަރަކާތްތެރި ވަމުން ދިޔައީ ޓްރެފިކް ބަލަހައްޓާ ދެ ފުލުހެކެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ މީހާ ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 5:42 ހާއިރު ކަމަށެވެ. އެ މީހާ ވެއްޓުނު ކަމަށް ބުނަނީ ހުޅުމާލޭ ހިތިގަސް މަގު ބްރިޖުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ ނެގުމަށް ފަހު ގެންދިޔައީ ހުޅުމާލޭ ހޮސްޕޮޓަލަށެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހާލު ރަނގަޅު ކަމަށެވެ. އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް މި ނޫހަށް އެނގިފައެއް ނެތެވެ.
Comment