5 މާރިޗު 2025 - 21:06 1
ލީވާން އަލީ ނާސިރު
5 މާރިޗު 2025 - 21:06 1
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވި ދިގު ލައިގެންދާތީ ރައްޔިތުން ރަތަށް އަރާފައި ވަނިކޮށް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިރޭ އެ ސިޓީއަށް ވަޑައިގަތުމުން އޭނާއާ ދެކޮޅަށް މުޒާހަރާކޮށްފި އެވެ.
މިރޭ 12:55 ގައި އައްޑޫ ގަމަށް ޖެއްސި މޯލްޑިވިއަންގެ ފްލައިޓުން ޖަނާހު ވަޑައިގަތީ ކުރިން ރޭވިަފއި އޮތް ދަތުރެއްގައެއް ނޫނެވެ.
ކުއްލި ގޮތަކަށް އޭނާ މި ވަޑައިގަތީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުދާ ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން އިހުތިޖާޖު ކުރުން ކަމަށް އެ ސިޓީގެ މޭޔަރުު، އަލީ ނިޒާރު ވިދާޅުވެފައި ވަނިކޮށެވެ.
ނިޒާރުގެ މި ގޮވާލުމާ ގުޅިގެން މާދަމާ މުޒާހަރާކުރާނެ ކަމަށް އައްޑޫން ވާހަކަ ދެއްކި ބައެއް މީހުން އަދަދު ނޫހަށް ބުންޏެވެ.
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މިރޭ އައްޑޫ އެއާޕޯޓުން ބޭރަށް ނުކުމެވަޑައިގަތް ވަގުތު، އެ ސަރަހައްދަށް އެއްވެ ތިބި މީހުން ދިޔައީ ސަރުކާރާމެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. ބައެއް މީހުން ތިބީ ސަރުކާރާ ދެކޮޅު ޝުއޫރު ލިޔެފައިވާ ބޯޑުތައް ހިފަހައްޓައިގެންނެވެ.
"ކޮބާ އެ ބުނާ އިންޖީނު،" މުޒާހަރާ ކުރަމުން ދިޔަ މީހުން ނަޖާހުއާ ދިމާއަށް ބުނަމުން ދިޔަ އެވެ.
މި ސުވާލަށް ދޭން ޖަވާބެއް ނޯންނާނެ ކަމަށް ވެސް ގޮވަމުންދިޔަ އެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ މި ރޯދަ މަސް ފެށުމުގެ ކުރިން ހައްލު ކުރާނެ ކަމަށް ފެނަކައިން މީގެ ކުރިން ބުނެފައިވެ އެވެ.
ސްޓެލްކޯއާއެކު އެއްބަސްވުމެއް ހަދައި، އެ އެއްބަސްވުމުގެ ދަށުން އައްޑޫއަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންގޮސް އިތުރު ތިން ޖަނަރޭޓަރު މަރާމާތު ކުރަމުންދާ ކަމަށް މިދިޔަ ފެބްރުއަރީ 17، ގައި ފެނަކައިން ބުންޏެވެ. ނަމަވެސް އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލު ނުލިބި މި ރޯދަ މަހު ވެސް އެ ސިޓީން ދަނީ އެކި ވަގުތުތަކުގައި ކަރަންޓު ކަނޑަމުންނެވެ.
އެކަމާ ގުޅިގެން އައްޑޫ ރައްޔިތުންނާއި އެ ރައްޔިތުން ތަމްސީލު ކުރައްވާ މަޖިލިސް މެންބަރުން ވެސް ގެންދަވަނީ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ހިއްސާ ކުރައްވަމުންނެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސައިޚް
about 2 months ago
ކޮބާ ލަދުނުގަންނަ އައިބީ.؟ އަނގައިން ކީއްވެބާ އައްޑުއަށް ކަރަންޓް ނުދެނީ އައިބީ.؟
Comment