Advertisement

އާދިއްތަ ދުވަހު އަޑިއަށްދިޔަ "ހުވަން" ލޯންޗުން ދަތުރުވެރިންނަށް ލައިފްޖެކެޓު ދިނީ ދިޔަވާން ފެށުމުން

6 މާރިޗު 2025 - 11:08 1

އަހުމަދު އާއިދު

އަހުމަދު އާއިދު

'ހުވަން' ލޯންޗުން ދަތުކުރަމުންދަނިކޮށް ކަނޑުވި މީހުން ފުލުހުން ސަލާމަތްކުރަނީ --- ފޮޓޯ: ފުލުހުން


އާދިއްތަ ދުވަހު އަޑިއަށްދިޔަ "ހުވަން" ލޯންޗުން ދަތުރުވެރިންނަށް ލައިފްޖެކެޓު ދިނީ ދިޔަވާން ފެށުމުން

6 މާރިޗު 2025 - 11:08 1

އާދިއްތަ ދުވަހު އދ. ދިގުރަށަށް ދަތުރުކުރަނިކޮށް އަޑިއަށްދިޔަ 'ހުވަން' ލޯންޗު ދަތުރުކުރަމުން ދިޔައީ ދަތުރުވެރިންނަށް ލައިފް ޖެކެޓު ނުދީ ގަވާއިދާ ހިލާފަށްކަން އެނގިއްޖެ އެވެ.

ޖުމުލަ 45 ފަސިންޖަރުންނާއި ތިން ފާޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ އެ ލޯންޗު އަޑިއަށް ދިޔަ ސަރަހައްދެއް އެ ދުވަހު ފުލުހުން ނުބުނެ އެވެ. ފަސިންޖަރުންގެ ގޮތުގައި ތިބީ ޓޫރިސްޓުންނެވެ. އެ ލޯންޗުން ދަތުރުކުރި އެންމެން ފުލުހުން ސަލާމަތްކުރީ ކަނޑުވެ އޮޔާދަނިކޮށެވެ.

އެ ދުވަހުގެ ހާދިސާ ހިނގި ވަގުތު އެ ލޯންޗުން ދަތުރު ކުރި ޓޫރިސްޓަކު ނެގި ވީޑިއޯއެއް ދުނިޔޭގެ މީޑިއާތަކުން ދަނީ ދައުރުކުރަމުންނެވެ. ލޯންޗު ދަތުރުކުރަމުންދިޔައީ ލައިފް ޖެކެޓު ބެހުމަކާ ނުލާކަން އެނގުނީ އެ ވީޑިއޯއިންނެވެ.

ވީޑިއޯއިން ފެންނަ ގޮތުން ފަޅުވެރިންނާއި ފަސިންޖަރު އެކަކު އަނެކަކަށް ލައިފްޖެކެޓުތައް ދޭން ފެށީ ލޯންޗު ދިޔަވެ އަޑިއަށް ދާން ފެށެމުންނެވެ. އެއިރު ވެސް ގިނަ ލައިފް ޖެކެޓުތައް ހުރީ ލޯންޗުގެ ދަގަނޑުތަކުގައި ބަނދެފަ އެވެ. ގާނޫނު ބުނާ ގޮތުން ކަނޑުދަތުރުކުރާއިރު ފަސިންޖަރުންނާއި ފަޅުވެރިން ތިބެންޖެހޭނީ ލައިފް ޖެކެޓު އަޅައިގެންނެވެ.

ކަނޑުވެފައި ތިބި މަންޒަރާއި ފުލުހުންގެ ލޯންޗުން އައިސް އެ މީހުން ސަލާމަތްކުރި މަންޒަރު ވެސް ޓޫރިސްޓު ނެގި ވީޑިއޯއިން ފެނެ އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ފަހުން އެއްވެސް ތަފުސީލެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.