Advertisement

10 އަހަރަށްފަހު ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުން ވިސާމް އިސްތިއުފާދެއްވައިފި

5 މާރިޗު 2025 - 00:39 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުގައި ހުންނެވި މަރްޔަމް ވިސާމް : އޭނާ އިސްތިއުފާދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވޭ --- ފޮޓޯ: އަދަދު


10 އަހަރަށްފަހު ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުން ވިސާމް އިސްތިއުފާދެއްވައިފި

5 މާރިޗު 2025 - 00:39 0

ދިހަ އަހަރަށްވުރެ ގިނަ ދުވަހު ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުގައި ހުންނެވި މަރްޔަމް ވިސާމް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން އަދަދު ނޫހަށް ވަނީ ކަށަވަރުވެފަ އެވެ.

މިކަމާ ގުޅިގެން މިހާތަނަށް ވިސާމް ބަހެއް ބުނެފައިނުވާއިރު ފޯނަށް ޖަވާބު ނުދެއްވާތީ އިސްތިއުފާ ދެއްވި ސަބަބެއް ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ ރަޖިސްޓްރާ އޮފް ކޮމެޕްނީސްގެ މަގާމަށް ވިސާމް އައްޔަންކުރީ ޖެނުއަރީ 28، 2014، ގަ އެވެ. އޭރު ވެރިކަމުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އެވެ.

ވިސާމް އަކީ އިކޮނޮމިކްސް ދާއިރާއިން އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުން ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މާސްޓާސް ޑިގްރީ ހާސިލްލުރެއްވީ ޔުނިވާސިޓީ އޮފް ކްއީންސްލެންޑުންނެވެ.

ރަޖިސްޓްރާގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ އަދާކުރެއްވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް މަގާމެވެ.