Advertisement

މިއަދު މަޖިލީހުގައި މަސައްކަތް ކުރީ އެންމެ 30 މިނެޓު

3 މާރިޗު 2025 - 06:30 0

އަހުމަދު އާއިދު

އ

Advertisement

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މިއަދު މަޖިލީހުގައި މަސައްކަތް ކުރީ އެންމެ 30 މިނެޓު

3 މާރިޗު 2025 - 06:30 0

Advertisement

Advertisement

ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހެދުމާއި ރައްޔިތުން ތަމްސީލު ކުރުމުގެ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އެންމެ 30 ވަރަކަށް މިނެޓު ތެރޭ ނިންމާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ސަފީރުން އައްޔަންކުރުމުގެ ދެތިން މައްސަލައަކާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ލިޔުމުން ޖަވާބު ހޯދުމަށް ކުރި ހަތަރު ސުވާލެއްގެ ޖަވާބު ތަޅުމަށް އިއްވުމެވެ.

Advertisement

ގާތްގަނޑަކަށް 10:30 ގައި ފެށި ޖަލްސާގެ ވޯޓު ރަނގަބީލު 20 ވަރަކަށް މިނެޓުގެ ތެރޭގައި ވަނީ ޖަހާފަ އެވެ. އަދި 11:00 ޖެހިއިރު ޖަލްސާ ވަނީ ނިންމާލާފަ އެވެ.

މިއަދު ވޯޓަށް އެހީ ރަޝިއާ އަދި މޮރޮކޯއަށް ކަނޑައަޅާ ނޮން ރެސިޑެންޝަލް ސަފީރުންގެ ނަންތައް ފާސްކުރުމަށެވެ. އެ ވޯޓުގައި ބައިވެރިވީ 57 މެންބަރުންނެވެ. އެއީ މަޖިލީހުގެ 61 އިންސައްތަ މެންބަރުންނެވެ.

މިއީ މި ރޯދަމަހު މަޖިލީހުން ބޭއްވި ފުރަތަމަ ޖަލްސާ އެވެ. ރޯދައަށް މަޖިލިސް ބަންދުކުރަން މަސައްކަތް ކުރި ނަމަވެސް އާންމުންގެ ފާޑުކިޔުން އަމާޒުވެ މަޖިލީހުގެ ގަވާއިދަށް ގެންނަން އުޅުނު ބަދަލު އަނބުރާ ގެންދިޔައީ އެވެ.

Advertisement