28 ފެބުރުވަރީ 2025 - 20:54 0
28 ފެބުރުވަރީ 2025 - 20:54 0
އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ދިގު ދުވުންތަކުގައި ކުރިއެރުން ހޯދަމުން އަންނަ މުހައްމަދު އިރުފާން އަށް ލިބިއްޖެ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފައިވަނީ، ޗައިނާގެ ޖިއާޝިންގައި މި މަހު 31 ވަނަ ދުވަހު ކުރިއަށްދާ އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރާނީ އިރުފާން ކަމަށެވެ.
ދިގު ދުވުންތަކަށް، ހާއްސަ، އިރުފާން، 29، އަންނަނީ ރާއްޖޭން ބޭރުގެ އެކި މެރަތަން މުބާރާތްތަކުގައި ވާދަކުރަމުންނެވެ. އެ ގޮތުން، ރާއްޖޭގެ ގައުމީ ލެވަލް މުބާރާތްތަކުގައި، އިރުފާން އަންނަނީ 5000 މީޓަރު އާއި 10،000 މީޓަރު ރޭސްތަކުގައި ދުވަމުންނެވެ.
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މި އަހަރަށް ކަނޑައެޅި ކަލަންޑަރުގައި ވަނީ ގައުމީ ދިގު ދުވުމުގެ މުބާރާތެއް ބާއްވަން ވަނީ ހިމަނައިފަ އެވެ.
އެ ގޮތުން، އެތުލެޓިކްސް ދިގު ދުވުމުގެ މުބާރާތް ހާއްސަކުރަނީ، ހާފް މެރަތަން އާއި ފަސް ކިލޯ މީޓަރާއި 10 މީޓަރަށެވެ.
"އެހެންޏާ އަޅުގަނޑުމެން ބާއްވަނީ މެރަތަން ނުވަތަ ހާފް މެރަތަން، މި ފަހަރު އަޅުގަނޑުމެން ރާވާފައި މިވަނީ މި އަހަރު މި ބަލަނީ މަގުމަތީގަ ދުވާ ގިނަ ރޭސްތަކެއް ހިމަނައިގެން ރޯޑްރޭސް ޗެމްޕިއަންޝިޕެއް ބާއްވަން." ޕީއެސްއެމްގެ "ކުޅިވަރު ވިންދު" ގައި ވާހަކަ ދައްކަމުން، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު މުންތަގިމް (މުންތޭ) ވިދާޅުވި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment