މާދަމައަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅައިފި

28 ފެބުރުވަރީ 2025 - 15:35 0

އަހުމަދު އާއިދު

އ

ރޯދަ މަހު ބަޔަކު ރޭ އަޅުކަން ކުރަނީ; މާދަމައަކީ ރޯދަ ކަމަށް ކަނޑައަޅައިފި -- ފޮޓޯ އަދަދު


މާދަމައަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅައިފި

28 ފެބުރުވަރީ 2025 - 15:35 0

މި އަހަރު ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗު 1, ވާ ހޮނިހިރު ދުވަސް ކަމުގައި ކަނޑައަޅައި އެކަން އިސްލާމިކް މިނިސްޓްރީއިން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން މިގޮތަށް ކަނޑައެޅީ ރޯދަމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

މާދަމާ ރޯދަމަސް ފެށޭއިރު ރޯދަ މަހު ފުރަތަމަ 19 ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތައް ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.

މީގެއިތުރުން، ރޯދަމަހު އަދި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން ފެށިގެން މެންދަމު 1:00 އާ ހަމައާށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.

މި ދުވަސްތަކުގައި ރޯދަ މަހު ކެފޭ އަދި ރެސްޓޯރަންޓުތައް ފަދަ ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށެވެ.