Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ތާއީދު ނުކުރަން: އައްބާސް

24 ފެބުރުވަރީ 2025 - 05:44 0

ލީވާން އަލީ ނާސިރު

ލ

Advertisement

ވެެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް: ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ތާއީދު ނުކުރާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ތާއީދު ނުކުރަން: އައްބާސް

24 ފެބުރުވަރީ 2025 - 05:44 0

Advertisement

Advertisement

ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ފާސް ކުރި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަނިކޮށް އެ ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ތާއީދު ނުކުރާ ކަމަށް ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.

"އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައްބާސް ވިދާޅުވީ ވެރިކަމަށް އަންނަ ބަޔަކު ކޮންމެ ފަހަރަކު ގާނޫނު އަސާސީ ބަދަލުކޮށް، ސުޕްރީމް ކޯޓާ ކުޅުމަކީ ރަނގަޅު ކަމެއް ގޮތުގައި ނުދެކޭ ކަމަށެވެ.

Advertisement

"އަޅުގަނޑު އެއްގޮތަކަށް ވެސް ތާއީދެއް ނުކުރަން. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެފަހަރަކު ވެރިކަމަށް އަންނަ ބަޔަކު ގާނޫނު އަސާސީއަށް ބަދަލު ގެނެސް، ސުޕްރީމް ކޯޓުގެ ބެންޗުގެ ސައިޒަށް ބަދަލު ގެނައުން ރަނގަޅު ކަމެއް ގޮތުގައި އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ސުޕްރީމް ކޯޓުގައި މަޖިލީހާ ގުޅޭ މައްސަލައެއް ހިނގަމުންދާ ދަނޑިވަޅެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމަށް މައްސަލައެއް މަޖިލީހަށް ހުށަހެޅުމަކީ ނުފޫޒު ފޯރުވުމަށް ކުރެވޭ ކަމެއް ގޮތުގައި ސިފަ ކުރެވޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ބިލެއް

ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ މި ބިލުގެ ފުރަތަމަ ކިޔުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ބިލެއް

ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ މި ބިލުގެ ފުރަތަމަ ކިޔުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ.

Advertisement

"އަޅުގަނޑު އޭތި ގަބޫލުކުރާ ގޮތަކީ މިހާރު ސުޕްރީމް ކޯޓުގައި ރައްޔިތުންގެ މަޖިލީހާ ގުޅުންހުރި މައްސަލައެއް މިހާރު ހިނގަމުންދާ ދަނޑިވަޅެއްގައި ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓުގެ ސައިޒު ނުވަތަ އަދަދު ބަދަލު ކުރަން ހުށަހަޅާފައިވާ ހުށަހެޅުމަކީ ސިޔާސީ ގޮތުން ބަލާނަމަ އެއީ ނުފޫޒު ފޯރުވުމަށް ކުރެވޭ ކަމެއް ގޮތުގައި އަޅުގަނޑަށް ސިފަވެގެންދަނީ. އެއީ އެއްގޮތަކަށް ވެސް މިވަގުތަށް ރަނގަޅު ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވާ ގޮތުން އެއީ އެ މެންބަރުގެ އަމިއްލަ އިހުތިޔާރުގައި ހުށަހެޅުއްވި ބިލެއް ނޫން ކަމަށާއި އެއީ ސީދާ ސަރުކާރުން ހުށަހަޅާ ބިލެއްކަން އައްބާސް ފާހަގަކުރެއްވި އެވެ.

އެ ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.

ވަކި ކުރާ ފަނޑިޔާރުންގެ ނަންތައް ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަންޖެހެ އެވެ. ފަނޑިޔާރުން ވަކި ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ.