Advertisement

ކުޅިވަރު ގާނޫނުގެ އިސްލާހާ އެކު އެކަށީގެންވާ ބަދަލުތައް އަންނާނެ ކަމުގެ އުންމީދު

20 ފެބުރުވަރީ 2025 - 04:12 0

Advertisement

ރޭ ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް


ކުޅިވަރު ގާނޫނުގެ އިސްލާހާ އެކު އެކަށީގެންވާ ބަދަލުތައް އަންނާނެ ކަމުގެ އުންމީދު

20 ފެބުރުވަރީ 2025 - 04:12 0

Advertisement

ރައްޔިތުންގެ މަޖިލީހުގައި މި ވަގުތު އޮތް ރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެނެވޭނެ އިސްލާހުތަކުގެ މަސައްކަތް ނިމިގެންދާއިރު، އެކަށީގެންވާ ބަދަލުތަކެއް ޖުމްލަކޮށް މުޅި ކުޅިވަރަށް އަންނާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު، ދިއްދޫ ދާއިރާގެ މެމްބަރު، އަބްދުއްލަތީފް މުހައްމަދު އެވެ. އެ ގޮތުން، ގާނޫނު ނަމްބަރު 30/2015، ކުޅިވަރު ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ހިމެނޭ މި ބިލްގައި، 72 އިސްލާހެއް ވަނީ ހިމަނައިފަ އެވެ. އެކަމަކު، ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށާާއި ދިރާސާ ކުރަން ވަގުތު ނެގުމަށްޓަކައި، މަޖިލީހުން ވަނީ ކުޅިވަރު ގާނޫނުގެ މަސައްކަތް މި އަހަރަށް ފަސްކޮށްފަ އެވެ.

Advertisement

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ އަށް ފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވީ މިހާރު އޮތް (ކުޅިވަރު) ގާނޫނަށް ބަދަލު ގެނައުމުން ވަރަށް ބޮޑު ކަންތައްތަކެއް ރަނގަޅު ވެގެންދާނެ ކަމަށެވެ.

"ހާއްސަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެނީ، އެޑްމިނިސްޓްރޭޓިވްލީ އެސޯސިއޭޝަންތައް ބައްޓަން ކުރެވިގެންދާނެ ގޮތް އެނގިގެންދާނެ. ދެން، އެ ގާނޫނާ އެކު، R13 ގެ ކަންކަން ވެސް އަޅުގަނޑުމެން ފުރިހަމަ ކުރުން، ދެން، މުޅި އިޖުރާއަތް ފުރިހަމަ ވެގެން މީގެ އެންމެ ރަނގަޅު އެއްޗެއް ނިކުންނާނީ،" ސައްތާރު ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން، މި ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ބާއްވަވާ ފޯރަމެއް މިއަދު ހެނދުނު 11:00 ގައި މަޖިލީހުގައި ކުރިއަށްދާނެ އެވެ.

Advertisement

ސައްތާރު ވިދާޅުވީ މިއަދު އޮލިމްޕިކް ކޮމިޓީ އާއި ހުރިހާ އެސޯސިއޭޝަންތައް މަޖިލީހަށް ހާޒިރުވެ، ހުށަހަޅާ ހުށަހެޅުންތައް ހިއްސާކުރަން ފުރުސަތު ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރިހާ އެސޯސިއޭޝަންތަކާއި އޮލިމްޕިކް ކޮމިޓީ ވެސް އެކައްޗެއް ކިޔަން އޮތީ، އަޅުގަނޑަށް ހީވަނީ ވަރަށް ފުރިހަމަކޮށް މި ގާނޫނު، ރަނގަޅު ގާނޫނަކަށް ވެގެންދާނެ،" ސައްތާރު ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް، އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވީ، ކުޅިވަރު ގާނޫނަށް ގެންނަ އިސްލާހާ އެކު، ރާއްޖޭގެ ކުޅިވަރުގެ ނިޒާމު ވަރަށް ބޮޑަށް ބަދަލުވެގެންދާއިރު، ލާ މަރުކަޒީ އުސޫލުން ކުރަން ބޭނުންވާ ކަންކަމަށް މަގުފަހިވެ، ކުޅިވަރުގެ މަސައްކަތައް މުޅި ރާއްޖެ އަށް ފުޅާވެގެންދާނެ ބޭނުންތެރި ބަދަލަށް ފުރުސަތު ލިބިގެންދާނެ ކަމަށެެވެ.

"މި ޗޭންޖާ އެއްކޮށް ލާ މަރުކަޒީ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރީޖަނަލް ސްޕޯޓްސް އެސޯސިއޭޝަންތައް ވެސް އުފެދިގެން މި އަންނަނީ. އަޅުގަނޑަށް ގަބޫލުކުރެވެނީ، އެސޯސިއޭޝަންތައް ހިންގުން ހަރުދަނާވާން ލާޒިމް ވެސް ކުރޭ، އަނެއްހެން މަޖުބޫރު ކުރަނީކީއެއް ނޫން އެއްވެސް ހާލަތެއްގައި ސްޕޯޓްސް އެކްޓަކުންނެއް. އެ ބޭފުޅުން ވެސް އެ ސްޓޭޓަސް ހިފެހެއްޓުމުގެ ގޮތުން، އެ ބޭފުޅުންގެ ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް މުޅި ރާއްޖެ އަށް ފެތުރުމުގެ ގޮތުން، އެންމެން ވެސް ގަބޫލުކުރަން، މުޅި ރާއްޖެ އަށޭ ކުޅިވަރު ފެތުރިގެން ދާން ޖެހެނީ ހަމައެކަނި ވަކި އޭރިއާއަކުން ނޫން ކަން،" ތަމޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަމިއްލަ ހައިސިއްޔަތުން ދެކޭގޮތުގައި، މި އިސްލާހުތަކާ އެކު، މިއީ، ކުޅިވަރަށް ރަނގަޅު "ފާލެއް" ކަމަށެވެ. އެ ގޮތުން، މި ބަދަލުތަކުގެ ތެރެއިން، ކުޅިވަރުގެ ކޮންމެ މުހިންމު ކަމަކަށް ބަދަލު އަންނާނީ ވަކި ކޮމްޕޯނެންޓެއްގެ ތެރެއިންކަން ތަމޫ ފާހަގަކުރެއްވި އެވެ.

"އޭގެ ތެރޭގައި ގަވަރަންނަންސް އަކީ ވަން ކޮމްޕޯނަންޓް އެ އަށް އޮންނަ، އޭގެ ތެރެއަށް ސްޕޯޓްސް ޑިވެލޮޕްމަންޓާއި ސްޕޯޓްސް، ސްކޫލްތަކުގައި ހިންގުން، ހަރަކާތްތައް ހިންގާނެ ގޮތް ވަރަށް ޑީޓެއިލްކޮށް އެބަހުރި ލިޔެވިފައި،" ތަމޫ ވިދާޅުވި އެވެ.

ކުޅިވަރު ގާނޫނަށް ގެންނަ މި އިސްލާހުގެ މަސައްކަތުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ތަފާތު ހިޔާލު ހޯދަން އެކި ފަހަރު މަތިން ވެސް ފުރުސަތު ލިބިގެންދާތީ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.