ހުލާސާކޮށް އިއްޔެ: ދިވެހި ކަނޑުގެ ސިއްރުތައް ޗައިނާ އަށް

20 ފެބުރުވަރީ 2025 - 01:22 0


ހުލާސާކޮށް އިއްޔެ: ދިވެހި ކަނޑުގެ ސިއްރުތައް ޗައިނާ އަށް

20 ފެބުރުވަރީ 2025 - 01:22 0

ދަ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީ އާއި އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ދެމެދު ހޯމަ ދުވަހު ސޮއި ކުރި އެއްބަސްވުމުގެ ސަބަބުން، ދިވެހި ކަނޑުގެ ސިއްރުތަައް ބަލައި ދިރާސާކޮށް، ކަނޑުގައި ޖާސޫސް ކުރުމުގެ ފުރުސަތު ޗައިނާއަށް ފަހިވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެ އެއްބަސްވުމުގައި ސަރުކާރުން ސޮއި ކުރި ފަހުން، އެއްބަސްވުމުގައި ލިޔެފައި އޮތް އެއްޗެއް ދުށް ތިން މީހަކު ވަނީ އަދަދު އާ ވާހަކަ ދައްކައި، އެއްބަސްވުމުގެ ދަށުން ޗައިނާއަށް ފަހިވާ ފުރުސަތުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އެއްބަސްވުމުގެ ދަށުން ކަނޑުގައި ޗައިނާއިން މި ހަރުކުރަނީ ޑިވައިސްތަކެއް. އެ ޑިވައިސްތަކުން ވަރަށް ގިނަ މައުލޫމާތުތައް އެއްކުރެވޭނެ. އޭގެ ބަދަލުގައި، ރަސްމީކޮށް ދިވެހި ސަރުކާރަށް މި ކޮށްދޭ ކަމަކީ ހަމައެކަނި ތަމްރީނުތަކެއް ކުރިއަށްގެންދިޔުން،" މައްސަލައިގެ ބާވަތުން ނޫހުގައި ނަން ނުޖެހުމަށް އެދި އެއްބަސްވުމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ސަރުކާރުން ހޯމަ ދުވަހު ބުނީ އެ އެއްބަސްވުމަކީ ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭ އެއްބަސްވުމެއް ކަމަށެވެ. އެއްބަސްވުމުގައި ރާއްޖޭގައި ފަރާތުން ސޮއި ކުރީ ޓުއަރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމެވެ. އެކަމަކު އެއްބަސްވުމުގެ އެއްވެސް ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މި ނޫހާ ވާހަކަ ދެއްކި ތިން މީހުން ވެސް ބުނީ، ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީއާއެކު ހެދި އެއްބަސްވުމުގެ ދަށުން ވައި، އޮއި، އަޑު، ސެލިނިޓީ އަދި ފިނިހޫނުމިން ބެލުމުގެ ފުރުސަތު ޗައިނާއަށް ފަހިވާނެ ކަމަށެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން ކަންކަން ކުރުމުގެ ފުރުސަތު ޗައިނާއަށް ލިބެ އެވެ. އެ ޑިވައިސްތައް ހަރު ކުރަނީ ކަނޑު އަޑީގައި އަދި ކަނޑުގެ މަތީ ފަށަލައިގަ އެވެ.

އެކަންކަމުގެ ތެރެއިން އެންމެ ކަންބޮޑުވާ މައްސަލައަކީ ސޯނާ ނުވަތަ އަޑު ރިކޯޑުކޮށް މޮނީޓާ ކުރުމުގެ ފުރުސަތު ލިބުމެވެ. އެއްބަސްވުމުގެ ދަށުން، ދިރޭތަކެތީގެ އަޑާއި ދިރުމެއް ނެތް އަޑު ބަލައި މޮނީޓާކުރުމުގެ ފުރުސަތު ޗައިނާއަށް ލިބެ އެވެ. އެ މަސައްކަތް ކުރަން ޗައިނާއިން ހަރު ކުރާ ޑިވައިސްތަކުން ސަބްމެރިން އަދި މަނަވަރު ހިމެނޭ ގޮތަށް ކަނޑުގައި އުޅަނދެއް ދުއްވިޔަސް އެނގޭނެ އެވެ. އަދި ވަކި އުސްމިނަކުން މަތިންދާބޯޓު ދަތުރުކުރާ ނަމަ އެކަން ވެސް ދެނެގަނެވޭނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ހޯދާ އެއްވެސް ޑޭޓާއެއް އެހެން ފަރާތަކަށް ދެވޭނީ ދެ ފަރާތުން އެއްބަސްވެގެންނެވެ. އެހެންވެ، މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބޭ މައުލޫމާތު ޗައިނާގެ ހުއްދަ ނެތި ތިން ވަނަ ފަރާތަކަށް ނުދެވޭނެ އެވެ.

މުހިއްމު ބައެއް ހަބަރު