19 ފެބުރުވަރީ 2025 - 22:39 0
19 ފެބުރުވަރީ 2025 - 22:39 0
ބާމިންހަމް (ފެބްރުއަރީ 20) - އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ 2-2 އިން އެއްވަރުކޮށް ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް ޕޮއިންޓަކުން ފުއްދާލަން ޖެހި، ލީޑުފުޅާކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.
މި މެޗުން މޮޅުވެގެން، 10 ޕޮއިންޓުގެ ލީޑެއް ނެގެން އޮތް ލިވަޕޫލަށް ލިބިފައި އޮތީ އަށް ޕޮއިންޓުގެ ލީޑެކެވެެ. ލިވަޕޫލަށް 26 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލުން 25 މެޗުން ވަނީ 53 ޕޮއިންޓް ހޯދައިފަ އެވެ. އާސެނަލުން ހޮނިހިރު ދުވަހު، ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފިނަމަ، ލިވަޕޫލާ ފަސް ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ.
ވިލާ ޕާކުގައި ކުޅުނު މެޗު ފަށައިގެން ލިވަޕޫލުން ރަނގަޅު އެޓޭކްތަކެއް ކުރަމުންދިޔައިރު، މެޗުގެ 29 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ލިވަޕޫލަށް ލީޑުނަގައިދިންއިރު، ލިވަޕޫލްގެ އޭރިއާތެރެއިން މެޗުގެ 38 ވަނަ މިނިޓްގައި ޔޫރީ ޓީލަމަންސް ލަނޑު ޖަހައި، ވިލާ އަށް އެއްވަރުކޮށްދިނެވެ. އޭގެ ފަހުން، ޖޮޓާ އަށް އަލުން ލިވަޕޫލަށް ލީޑުނަގައިދޭން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ނުހިފުނެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި، ވިލާ އިން ލީޑުނެގީ، ލޫކަ ޑީންޏާ ނެގި ހުރަހަކުން، އޮލީ ވަޓްކިންސް ބޮލުން ޖެހި ގޯލުންނެވެ.
ދެ ވަނަ ހާފުގައި ކުޅެން އަރައި، ލިވަޕޫލަށް އެއްވަރުކޮށްދިނީ، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އެެވެ. މިއީ، ވިލާގެ ޓައިރަން މިންގްސް ފައިގައި ޖެހިފައި ވަން ގޯލެކެވެ. އޭގެ ފަހުން، ބަދަލަކަށް ކުޅެން އެރި ޑާވިން ނޫނޭޒް އަށް ގޯލު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment