ރިވައިވަލް އިން އާ އަހަރުގެ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތްތަކަށް ތައްޔާރު

18 ފެބުރުވަރީ 2025 - 13:02 0


ރިވައިވަލް އިން އާ އަހަރުގެ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތްތަކަށް ތައްޔާރު

18 ފެބުރުވަރީ 2025 - 13:02 0

ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް ހިންގަމުން އަންނަ ބެޑްމިންޓަން ކްލަބް ކަމަށްވާ ރިވައިވަލް ސްޕޯޓްސް އިން މި އަހަރު އެ ޓީމުން ވާދަކުރާ ފުރަތަމަ ދެ އިންޓަނޭޝަނަލް މުބާރާތަށް އެ ޓީމުގައި ހިމެނޭ ގައުމީ ބެޑްމިންޓަން ޓީމު ވެސް ތަމްސީލްކޮށްފައިވާ ކުޅުންތެރިންނާ އެކު ތައްޔާރުވެއްޖެ އެވެ.

ރިވައިވަލްގެ ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިންނާއި ރިވައިވަލްއާ އެކު ހިމެނޭ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ވާދަކުރަން ނިންމާފައިވަނީ، މާދަމާ އިން ފެށިގެން މި މަހު 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޔޫގާންޑާ އިންޓަނޭޝަނަލް ޗެލެންޖާއި އަންނަ މަހުގެ 03 އިން 08 އަށް ކުރިއަށްދާ ސްރީ ލަންކާ މުބާރާތުގަ އެވެ.

އެ ގޮތުން، މި މުބާރާތްތަކުގައި ވާދަކުރާ ރިވައިވަލްގެ ފަރާތުން ރާއްޖެ ތަމްސީލްކުރާ ކުޅުންތެރިންނަށް ބަލާއިރު، ފިރިހެން ބައިން، ޒަޔާން ޒަކީ، ނިބާލް އަހުމަދު އަދި ހަސަން ޒަޔާން މުހައްމަދު ހިމެނެ އެވެ. އަދި އަންހެން ކުޅުންތެރިންނަކީ، އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ އެވެ.

ޔޫގާންޑާ މުބާރާތުގެ ޑްރޯ ލިބިފައިވާއިރު، ފިރިހެން ސިންގަލްސް ކޮލިފިކޭޝަންގައި ޒަޔާން ޒަކީ، ހަސަން ޒަޔާން އަދި ނިބާލް ވެސް ވާދަކުރާއިރު، އަންހެން ސިންގަލްސްގައި ނަބާ އާއި ނަބީ ވާދަކުރަނީ، ގަދަ 32 ކުޅުންތެރިންގެ ބުރުގަ އެވެ.

ފިރިހެން ޑަބަލްސްގައި ނިބާލް އާއި ޒަޔާންގެ ޕެއާ ވާދަކުރާއިރު، އަންހެން ޑަބަލްސްގައި ކުޅޭނީ ނަބާހާ އާއި ނަބީހާގެ ޕެއާ އެވެ. އަދި މިކްސް ޑަބަލްސްގައި، ޒަޔާން އާއި ނަބާގެ ޕެއާ އާއި ނިބާލް އާއި ނަބީހާގެ ޕެއާ ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރު ފަހުކޮޅުގައި، ޒެމްބިއާ މުބާރާތާއި ބޮޓްސްވާނާ މުބާރާތުން ޖުމްލަ އެކު، ރިވައިވަލް އިން ވަނީ ރާއްޖެ އަށް އަށް މެޑަލް ހޯދައިފަ އެވެ. ޒެމްބިއާ މުބާރާތުން އަންހެން ޑަބަލްސް އިން ނަބާހާ އާއި ނަބީހާގެ ޕެއާ އިން ރަން މެޑަލް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާހާގެ ޕެއާ އިން ލޯ މެޑަލް އަދި އަންހެން ސިންގަލްސް އިން ނަބާހާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް އިން ނަބާހާ ރަން މެޑަލާއި ނަބީހާގެ ރިހި މެޑަލްގެ އިތުރުން، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާހާގެ ރިހި މެޑަލާއި ފިރިހެން ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނިބާލްގެ ޕެއާގެ ލޯ މެޑަލްގެ އިތުރުުން އަންހެން ޑަބަލްސްގައި ނަބާހާ އާއި ނަބީހާގެ ޕެއާ އިން ހޯދި ލޯ މެޑަލް ހިމެނެ އެެވެ.