Advertisement

އަޒީމާ، ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސާއަށް އަރުވައިފި

17 ފެބުރުވަރީ 2025 - 18:42 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސާއަށް އަޒީމާ އަރުވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ


އަޒީމާ، ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސާއަށް އަރުވައިފި

17 ފެބުރުވަރީ 2025 - 18:42 0

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި ސަފީރު، އައިޝަތު އަޒީމާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސާ، ދުރުޕަތީ މުރުމުއަށް މިއަދު އަރުވައިފި އެވެ.

ސަފީރުކަމުގެ ފަތްކޮޅު ދުރުޕަތީއަށް އެރުވީ އިންޑިއާގެ ނިއުދިއްލީގައި ހުންނަ، ރިޔާސީ ގަނޑުވަރުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި އަޒީމާ ވަނީ ދިވެހިރާއްޖެއަށް އިންޑިއާއިން ދޭ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ނަމުގަ އާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާ ކުރައްވައިފަ އެވެ، އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުތަކެއްދޭ ކަމަށް އަޒީމާ ވިދާޅުވި އެވެ.

އަޒީމާ އަކީ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ފަސްޓު ސެކްރެޓަރީގެ މަގާމާއި އެ ކޮމިޝަނުގެ މިނިސްޓާ ކައުންސެލާގެ މަގާމު މީގެ ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ.

އޭގެއިތުރުން ފޮރިން މިނިނިސްޓަރީގެ އެޑިޝަނަލް ސެކްރެޓަރީ ކަމާއި ޑިރެކްޓަރު ކަމުގެ އިތުރުން ޖޮއިންޓު ސެކްރެޓަރީގެ މަގާމު ވެސް އަޒީމާ ފުރުއްވާފައިވެ އެވެ.

ރާއްޖެ އާއި އިންޑިއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރިތާ މި އަހަރު 60 އަހަރު ފުރޭނެ އެވެ. އިންޑިއާ އަކީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރެއިން ގައުމެކެވެ.