ހުލާސާކޮށް އިއްޔެ: ރަސްފަންނަށް މޫދަށް އެރުން މަނާ

17 ފެބުރުވަރީ 2025 - 01:04 0

ރަސްފަންނު ސަރަހައްދު


ހުލާސާކޮށް އިއްޔެ: ރަސްފަންނަށް މޫދަށް އެރުން މަނާ

17 ފެބުރުވަރީ 2025 - 01:04 0

ކިސަޑު ގިނަވެގެން ރަސްފަންނުގެ މޫދު ސާފުކޮށް ވެލި އެޅުމަށްޓަކައި އެސަރަހައްދަށް މޫދަށް އެރުން މަނާ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ރަސްފަންނު ބަންދު ކުރަން ޖެހުނީ މޫދުގެ 500 އަކަ މީޓަރުގެ ސަރަހައްދަކަށް ގިނަ އަދަދަކަށް ކިސަޑު ޖަމާވުމާ ގުޅިގެން ކަމަށެވެ. ގާތްގަނޑަކަށް ފޫޓެއްގެ ބޯމިނުގައި ކިސަޑު އެބަހުރި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

އެހެންވެ، އެ ކިސަޑުތައް ނަގައި ވެލި އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި މިއަދު ހެނދުނު 9:00 އައިން ފެށިގެން އެ ސަރަހައްދު ކުރާނެ އެވެ. އެ މަސައްކަތަށް ހޭދަވާނެ ވަގުތެއް ކައުންސިލުން ނުބުނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި ރަސްފަންނު ބެލެހެއްޓުން އޭރުން ފެށިގެން ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ. ނަމަވެސް އެތަން ރަނގަޅަށް ބަލަހައްޓަމުން ނުދާނީ އެ އެއްބަސްވުން މިހާރު ބާތިލްކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދު ބަލަހައްޓާނީ ސިޓީ ކައުންސިލުން ކަމަށާއި އެތަން މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ފަހު ދެތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެތަން މަރާމާތު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށައިފަ އެވެ. އެއަށް ފަހުން، އަލުން އެތަން ވީރަނަވާން ދޫކޮށް ނުލައްވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ރަސްފަންނު ބަލަހައްޓަމުން ދާނީ ކައުންސިލުން ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވި އެވެ.

"އެމަސައްކަތް ނިމޭއިރު ރަނގަޅު ފެންވަރެއްގައި ތަން ހެދި ބީޗާއި ހަޓުތައް ވެސް ރީތި ވެގެން ދާނެ. އެއަށް ފަހު އަލުން ވީރާނާވާން ދޫކޮށެއް ނުލާނަން" އީގަލްސް ކޮމިއުނިޓީން އިއްޔެ ބޭއްވި ސާފުކުރުމުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި އާޒިމް ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު