Advertisement

ހުޅުމާލޭ ރައުންޑްއަބައުޓްތަކުގައި އެންމެފަހުން ގަސް އިންދަނީ

16 ފެބުރުވަރީ 2025 - 15:51 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލޭގެ ރައުންޑްއަބައުޓެއްގައި ގަހެއް އިންދާފައި -- ފޮޓޯ؛ އަހުމަދު އިބްރާހިމް (ޕޮކަންޑި)


ހުޅުމާލޭ ރައުންޑްއަބައުޓްތަކުގައި އެންމެފަހުން ގަސް އިންދަނީ

16 ފެބުރުވަރީ 2025 - 15:51 1

ޅުމާލޭ ރައުންޑްއަބައުޓްތަކުގައި ބެހެއްޓުމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމު ކުރި މޮނިއުމެންޓު ޑިޒައިންކުރުމުގެ މުބާރާތުން އެއްވަނައަށް ހޮވުނު ހުށަހެޅުންތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، އެ ޑިޒައިންތައް ރިވިއު ކުރުމަށްފަހު އެތަނުގައި ގަސް އިންދައިފި އެވެ.

އެޗްޑީސީގެ ސީއޯއޯ އަހުމަދު އިބްރާހިމް (ޕޮކަންޑި) "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައުންޑްއަބައުޓްތަކުގައި ބަހައްޓަން ޑިޒައިންކުރި މޮނިއުމަންޓްތައް ރިވިއު ކުރުމަށްފަހު، އެ ތަނުގައި ގަސް އިންދަން ނިންމައި ފުރަތަމަ ތަނުގައި އެކަން ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

"ރައުންޑްއަބައުޓްތަކުގައި އިންދާ ގަސްތައް ބޮޑުވާން ފެށުމުން ގަސްތަކުގައި މާ އަޅައި ފުރިހަމަކޮށް ފެނިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އެޗްޑީސީން މޮނިއުމަންޓް ޑިޒައިންތައް ރިވިއު ކުރަން ފެށީ މުބަރާތުން އެއްވަނައަށް ހޮވުނު ހުށަހެޅުމަކީ އޭއައި ޖެނެރޭޓެޑް ޑިޒައިންތަކެއް ކަމަށް ބުނެ އާންމުން ފާޑުކިޔަމުން ދިޔުމުންނެވެ.

މޮނިއުމެންޓު ޑިޒައިން ކުރުމުގެ މުބާރާތެއް އެޗްޑީސީން އިންތިޒާމު ކުރީ ހުޅުމާލޭގެ 17 ސަރަހައްދެއްގައި ބަހައްޓަން އެ ކޯޕަރޭޝަނުން ނިންމާފައިވާ މޮނިއުމެންޓުތަކަށް ޑިޒައިންތަކެއް ހޯދުމަށެވެ. އެޗްޑީސީން އެ މުބާރާތް އިއުލާނު ކުރީ ސެޕްޓެމްބަރު 24، ގަ އެވެ.

އެޗްޑީސީގެ ބަޔާނުގައި ބުނީ މުބާރާތުގެ ސުންގަޑި ހަމަވިއިރު، ޑިޒައިން ހުށަހެޅީ ޖުމުލަ ހަތް ފަރާތަކުން ކަމަށެވެ. އަދި އެ ހުށަހެޅުންތަކަށް ބަލައި ވަނަ ދިނީ އެޗްޑީސީގެ ޕްރޮފެޝަނަލް ސްޓާފުންގެ ޕެނަލަކުން އިވެލުއޭޓު ކުރުމަށްފަހު ކަމަށެވެ.

އެޗްޑީސީން ބޭއްވި މޮނިއުމެންޓު ޑިޒައިން ކުރުމުގެ މުބާރާތުން އެއްވަނައަށް ހޮވުނީ އަބްދުﷲ ޝައިމާން ވަހީދު އާއި އިބްރާހިމް އިފާޒްގެ ޓީމް އާކޯސް އެވެ.