Advertisement

ޝައުގުވެރިވިޔަސް ބާސެލޯނާ އިން ރެޝްފޯޑަށް ހާއްސަ އަހައްމިއްޔަތުކަމެއް ނުދޭ

14 ފެބުރުވަރީ 2025 - 05:05 0

Advertisement


ޝައުގުވެރިވިޔަސް ބާސެލޯނާ އިން ރެޝްފޯޑަށް ހާއްސަ އަހައްމިއްޔަތުކަމެއް ނުދޭ

14 ފެބުރުވަރީ 2025 - 05:05 0

Advertisement

ބާސެލޯނާ (ފެބްރުއަރީ 14) - ޖެނުއަރީ ޓްރާންސްފާ މާކެޓްގައި، މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް، މާކަސް ރެޝްފޯޑް ހޯދަން ބާސެލޯނާ އިން ޝައުގުވެރިކަން ގެންގުޅުނު ކަމަށާއި އެކަމަކު އެ ކަމަށްޓަކައި، ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތްތަކެއް ނުކުރާ ކަމަށް ބާސެލޯނާ އިން ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމްގެ ޕްލޭނުގައި ނެތުމުން، ޓީމުން ބާކީވެފައި ހުރި، އިނގިރޭސި ފޯވާޑް، ރެޝްފޯޑް، 27، މި ސީޒަނުގެ ބާކީ ބަަޔަކަށް އެސްޓަން ވިލާ އަށް ސޮއިކުރި މި ކޮންޓްރެކްޓްގައި، އެއްބަސްވުން ދާއިމީ ކުރުމުގެ މާއްދާއެއް ވަނީ ހިމަނައިފަ އެވެ. އެކަމަކު، އެއީ ޓްރާންސްފާ ފީގެ ގޮތުގައި، ކިހާ ވަރެއް ދައްކައިގެން ކަމެއް ހިމަނާފައިނުވެ އެވެ.

Advertisement

ރެޝްފޯޑް، ވިލާގައި ހުންނައިރު، އޭނާގެ މުސާރައިގެ 70 ޕަސެންޓް ދޭނީ ވިލާއިންނެވެ. ބާކީ 30 ޕަސެންޓް ހަމަޖައްސާނީ ޔުނައިޓެޑުންނެވެ.

ޖެނުއަރީ ޓްރާންސްފާގައި ރެޝްފޯޑާ ގުޅުވައިގެން ޔޫރަޕްގެ ގަދަބާރުތަކާ އެކު، ޓްރާންސްފާގެ ހަބަރުތައް އާންމުވި އެވެ. އޭގެ ތެރެއިން އެއް ކްލަބަކީ، ބާސެލޯނާ އެވެ. ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު، ޑެކޯ ވަނީ ރެޝްފޯޑްގެ ޓްރާންސްފާއާ ގުޅޭގޮތުން ވާހަަކަ ދައްކައިފަ އެވެ.

ޑެކޯ ބުނީ، ބާސެލޯނާ އިން ރެޝްފޯޑާ މެދު ޝައުގުވެރިކަން ގެންގުޅުނު ކަމަށެވެ. އެކަމަކު، އޭނާގެ ޓްރާންސްފާގެ ކަންތައްތައް ކުރިއަށްގެންދަން ބާސެލޯނާ އިން އަހައްމިއްޔަތުކަން ދީގެން މަސައްކަތްތަކެއް ނުކުރީ އެއީ މި ވަގުތު ކްލަބަށް މުހިންމު ކަމެއްގެ ގޮތުގައި ނުފެންނާތީ ކަމަށެވެ.

Advertisement

އެފްއޭ ކަޕްގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން އެސްޓަން ވިލާ މޮޅުވި މެޗުގައި، ކުޅެން ނުކުމެ ރެޝްފޯޑް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެސްޓަން ވިލާގެ ކޯޗު އުނާއި އެމެރީ ވަނީ ރެޝްފޯޑްގެ ކުޅުމަށް ތައުރީފުކޮށްފަ އެވެ.