13 ފެބުރުވަރީ 2025 - 19:55 0
13 ފެބުރުވަރީ 2025 - 19:55 0
ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން މިދިޔަ އޮގަސްޓް މަހު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިިވްސް (އެފްއޭއެމް) ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެނެސް، ޗެއާމަނަކަށް ހަަމަޖެއްސި، އަހުމަދު ޒުހޫރު މަގާމުން ދުރުކޮށްފި އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދަށުން އެ އެސޯސިއޭޝަން ހިންގުން ބޮއްސުންލައި، ރާއްޖޭގެ ފުޓްބޯޅަ ނާޒުކު ފައްތަރެއްގައި އޮއްވައި، ފީފާ އިން އެފްއޭއެމް ހިންގުން ނޯމަލައިޒްކުރަން ނިންމައި، އޮގަސްޓް މަސް ތެރޭގައި، ކޮމިޓީއެއް އައްޔަންކުރީ މިދިޔަ އޮގަސްޓް މަހު އެވެ.
އެ ގޮތުން، ކުރީގެ ޔޫތު މިނިސްޓަރު، ޒުހޫރު ޗެއާމަނަކަށް ހަމަޖައްސައި، ޖުމްލަ އެކު، ފަސް މެމްބަރުންގެ މައްޗަށް އެކުލަވާލި، ނޯމަލައިޒިން ކޮމިޓީގެ އަދަދު ފީފާ އިން ނިންމީ ތިން މެމްބަރުންނަށް މަދުކުރުމަށެވެ.
ޒުހޫރު، މަގާމުން ވަކިކުރުމުގެ އިތުރުުން، ދެން، އެފްއޭއެމްގެ ނޯމަަލައިޒިން ކޮމިޓީން ވަކިކުރީ، މިރޭ، މަގާމުން އިސްތިއުފާދިން ކަމަށް މީޑިއާ އިން މައުލޫމާތު އާންމުކުރި، ނޯމަލައިޒިން ކޮމިޓީގެ މެމްބަރު، އަހުމަދު އަލީ އެވެ.
ފީފާ އިން މި އަހަރުގެ ޖުލައިގެ ނިޔަލަށް މެންޑޭޓްތަކެއް ދީފައި އޮތް، އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގައި މިވަގުތު ޗެއާޕާސަނަކަށް ހުންނެވީ، ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް، އަހުމަދު މުއިއްޒް އެވެ. ދެން، ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފްގެ އިތުރުން، ގާނޫނީ ވަކީލު އިސްމާއީލް ސިމަން އެވެ.
ފީފާއިން، އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީ އަށް މެންޑޭޓްތަކެއް ދީފައިވާއިރު، އެކަމާ ގުޅޭ ޒިންމާތައް އަދާކުރަން ނޯމަލައިޒިން ކޮމިޓީން މިހާތަނަށް ކުރި މަަސައްކަތްތަކުގައި އެކަށީގެންވާ ނަތީޖާއެއް ނުފެންނަ ކަމަށް ގިނަ ފަރާތްތަކެއް އަންނަނީ ބުނަމުންނެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި، އޮތް ފުޓްބޯޅަ ސީޒަން ފަށަން ކުރި ކަމެއްގެ ނަތީޖާ އަދި ފެނިފައެއް ނެތެެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment