Advertisement

މިހާރު ހިންގަމުންދާ މާރާމާރީތަކުގެ ތުހުމަތު އޮތް މީހަކު މެލޭޝިއާއިން އަނބުރައި ފޮނުވައިލުމުން ހައްޔަރުކޮށްފި

13 ފެބުރުވަރީ 2025 - 12:35 1

އަހުމަދު އާއިދު

އަހުމަދު އާއިދު


މިހާރު ހިންގަމުންދާ މާރާމާރީތަކުގެ ތުހުމަތު އޮތް މީހަކު މެލޭޝިއާއިން އަނބުރައި ފޮނުވައިލުމުން ހައްޔަރުކޮށްފި

13 ފެބުރުވަރީ 2025 - 12:35 1

މިހާރު މާލެ ސަރަހައްދުގައި ހިނގަމުންދާ މާރާމާރީތަކުގައި ބައިވެރިވުމުގެ ތުހުމަތު އޮތް މީހަކު މެލޭޝިއާއަށް ދިއުމުން އެ ގައުމުން އަނބުރާ ފޮނުވާލުމުން ފުލުހުން ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ ޏ. ފުވައްމުލަށް، ދިގުވާނޑު، ބަނަފްސާގެ، ހުސެއިން އަރީޝް، 31 ކަމަށެވެ.

އޭނާ އަކީ މިހާރު ހިނގަމުންދާ މާރާމާރީތަކުގައި ބައިވެރިވުމުގެ އިތުރުން ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމުގެ ތުހުމަތު އޮތް މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މެލޭޝިއާއިން އޭނާ ޑީޕޯޓުކޮށްލީ އޭނާ ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވަނިކޮށް އެ ގައުމަށް ދަތުރުކުރުމުން ކަމަށްވެސް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ. އަރީޝް އަކީ މަސްތުވާތަކެއްޗާއި، މާރާމާރީ ހިންގުން ހިމެނޭހެން ޖުމްލަ 28 ކުށުގެ ރެކޯޑެއް އޮތް މީހެއް ކަމަށްވެސް އެ ހިދުމަތުން ބުންޏެވެ.

މާލެ ސަރަހައްދުގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތަކުގެ ތެރެއިން އެންމެ ފަހުން ހުޅުމާލެ ރެހެންދި ދަނޑު ކައިރި ހުރި މީހަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލާގައި ވެސް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ މައްސަލާގައި ހައްޔަރުކުރި ރުސްތުމް އިބްރާހިމް (25އ.) އަދި ސައިފުالله ފައިސަލް (19އ.) ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މީގެއިތުރުން މިދިޔަ ހަފުތާ އައިޖީއެމްއެޗް ކައިރި ހުރި މީހަކަށް މަރުތޭލަކުންވެސް ހަމަލާ ދީފައިވެ އެވެ.