ރޯދައަށް މަޖިލިސް ބަންދުކޮށް، ދައުރު ކުރުކޮށްލަން ހުށަހަޅައިފި

12 ފެބުރުވަރީ 2025 - 08:34 0

އަހުމަދު އާއިދު

އ

މާފަންނު ދެކުނު ދާއިރާގެ މެންބަރުން އަބްދުﷲ ރިފާއު : އޭނާ ހުށަހެޅުއްވީ ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރު މަހަކަށް ކުރުކޮށްލަން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރޯދައަށް މަޖިލިސް ބަންދުކޮށް، ދައުރު ކުރުކޮށްލަން ހުށަހަޅައިފި

12 ފެބުރުވަރީ 2025 - 08:34 0

ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލިސް ބަންދުކޮށް، މަޖިލީހުގެ ދައުރު ކުރުކޮށްލަން ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރުން އަބްދުﷲ ރިފާއު ހުށަހަޅުއްވައިފި އެވެ.

ރިފާއު މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ކޮންމެ އަހަރަކު އޮންނަ މަޖިލީހުގެ ތިން ދައުރުގެ މުއްދަތު ކަނޑައަޅަން ވަނީ ހުށަހަޅުއްވާފަ އެވެ.

އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ޖެނުއަރީ މަހު ފަށާ ހަމަ އެ މަހުން ނިންމަން ރިފާއު ވަނީ ހުށަހަޅުއްވާފަ އެވެ. މަޖިލީހުގެ މިހާރުގެ ގަވާއިދު އޮންނަ ގޮތުން ފުރަތަމަ ދައުރު ފެށެނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ. އެ ދައުރު ނިމެނީ މެއި މަހު އެވެ.

މިހާރު ގަވާއިދު އޮންނަ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ހިނގަނީ ޖޫން 1، އިން އޮގަސްޓު 15، އަށެވެ. ތިންވަނަ ދައުރު ހިނގަނީ އޮކްޓޯބަރު 1، އިން ނޮވެމްބަރު 30، އަށެވެ.

ރިފާއު ހުށަހެޅުއްވި އިސްލާހުގައި ދެވަނަ ދައުރު ހިނގަނީ އެޕްރީލް 1، އިން ޖުލައި 31، އަށެވެ. ތިންވަނަ ދައުރު ހިނގަނީ ސެޕްޓެމްބަރު 1، އިން ނޮވެމްބަރު 30، އަށެވެ.

މިގޮތަށް އިސްލާހު ގެނައި ނަމަވެސް މި އަހަރު މަޖިލީހުގެ ފުރަތަމަ ދައުރު ނިމޭނީ މި ހިނގާ ފެބްރުއަރީގެ ނިޔަލަށް ކަމަށްވެސް ރިފާއުގެ މައްސަލާގައި ހުށަހަޅުއްވާފައިވެ އެވެ. މި އިސްލާހު ހުށަހެޅުއްވި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.