ހުލާސާކޮށް އިއްޔެ: ބޭހުގެ މައްސަލައަށް ފަރުވާ ދޭން ހާއްސަ ކޮމިޓީއެއް

11 ފެބުރުވަރީ 2025 - 01:19 0


ހުލާސާކޮށް އިއްޔެ: ބޭހުގެ މައްސަލައަށް ފަރުވާ ދޭން ހާއްސަ ކޮމިޓީއެއް

11 ފެބުރުވަރީ 2025 - 01:19 0

ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ކަމާ ގުޅުންހުރި މުއައްސަސާތައް ހިމެނޭ ކޮމިޓީއެއް އުފައްދައި އެސްޓީއޯއިން ލިބެން ހުރި ބޭސްތައް ވަގުތުން ޑޮކްޓަރުންނަށް ބަލައިލެވޭ ގޮތަށް އޮންލައިން ޕްލެޓްފޯމެއް ގާއިމު ކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެސްޓީއޯއިން ބުނީ އެ ނިންމުން ނިންމީ އެ ކުންފުންޏާއި މޯލްޑިވްސް ޑޮކްޓާސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމެއްގައި ކަމަށެވެ.

އެ ގޮތުން ރާއްޖެއަށް އެތެރެ ކުރާ ބޭހާ ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި އެކުލަވައިލި ކޮމިޓީގައި އެސްޓީއޯގެ އިތުރުން އާސަންދަ އާއި މޯލްޑިވްސް ޑޮކްޓާސް ޔޫނިއަންގެ އިތުރުން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކޮމިޓީގެ ސަބަބުން ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް ދިމާވާ ދަތިތަކާމެދު މަޝްވަރާ ކުރެވި އެ ލިބޭ މައުލޫމާތުގެ އަލީގައި ބޭހުގެ މައްސަލައަށް ހޯދަން ޖެހޭ ހައްލު އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އޭގެ އިތުރުން ބަލި މީހާއަށް ބޭނުންވާ ބޭސް ލިޔެ ދިނުމުގެ ކުރިން މިއަދު ގާޢިމު ކުރަން ނިންމި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބެން ހުރި ބޭސް ބަލައިލެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މި ނިންމުންތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާއި އެކި ފަރާތްތަކުން ފާހަގަ ކުރާ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މުހިއްމު ބައެއް ހަބަރު