10 ފެބުރުވަރީ 2025 - 21:11 1
އަމަން ހަލީމް
ސަތޭކަ އެމެރިކާ ޑޮލަރުގެ ނޫޓެއް: ގަވާއިދުގެ ދަށުން ހުރިހާ ޓޫރިޒަމް ވިޔަފާރިތަކަށް ޑޮލަރު މާރުކުރަން ލާޒިމުކުރޭ ---
10 ފެބުރުވަރީ 2025 - 21:11 1
ޓޫރިޒަމް ވިޔަފާރިތަަކަށް ލިބޭ ޑޮލަރު އާމްދަނީ މާރުކުރުން ލާޒިމްކުރާ ގަވާއިދުގެ ދަށުން, މިދިިޔަ އޮކްޓޫބަރުގައި ލިބުނު އާމްދަނީން 50 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކު, އެމްއެމްއޭއިން މިރޭ ހާމަކޮށްފި އެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މިދިޔަ މަސް ނިމުނުއިރު, ރަސްމީ ރިޒާވުގައި 708.1 މިލިއަން ޑޮލަރު ހުއްޓެވެ.
މިއީ މިދިޔަ އަހަރު ނިމުނުއިރު ރިޒާވުގައި ހުރި ވަރަށް ވުރެ ފަސް ޕަސެންޓު އިތުރު އަދަދެއް ކަމަށް އެެމްއެމްއޭއިން ބުންޏެވެ. އަދި މީގެ މައިގަނޑު ސަބަބަކީ މިިދިޔަ މަހު ރިޒާވުން ހަރަދު ކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުން ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.
ޑޮލަރު ރިޒާވު އިތުރުވީ ސަބަބުތަކުގެ ތެރޭގައި މިދިޔަ މަހު ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރުފައިސާގެ މިންވަރު ވަނީ ނިމުނު ޑިސެމްބަރަށް ވުރެ 12 ޕަސެންޓު އިތުރުވުމާއި ބޭރު ފައިސާ ގަވާއިދުގެ ދަށުން އެމްއެމްއޭއަށް ލިބުނު ފައިސާ އިތުރުވުން ހިމެނެ އެވެ.
އެމްއެމްއޭއިން ބުނީ, ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ބޭންކުތަކަށް 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް މާރުކުރިއިރު, 90 ޕަސެންޓު ރިސޯޓުތަކުން ގަވާއިދަށް ބޯލަނބަމުންދާ ކަމަށެވެ.
ޑޮލަރު މާރުކުރި, އެމްއެމްއޭއިން އަންދާޒާ ކުރި ވަރަށް ވުރެ ވެސް ގިނައިންނެވެ. އެ އިދާރާއަށް ލިބުނު ސޭލްސް ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް ކުރިން އެމްއެމްއޭއިން ބުނީ ލަފާކުރެވެނީ 30 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް މާރުކުރާނެ ކަމަށެވެ.
މިދިޔަ މަހު ބޭންކުތަކަށް މާރުކުރީ ބޭރު ފައިސާ ގަވާއިދުގެ ދަށުން މާރުކުރަން ޖެހޭ ފައިސާ އެވެ.
އެ ގަވާއިދުގެ ދަށުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކާއި ރިސޯޓު ހޮޓާތަކާއި ސަފާރީތަކުން އެ މަހު އައި ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ޖެހެ އެވެ. އަދި "ކެޓެގަރީ ބީ" ގައި ހިމެނޭ ގެސްޓުހައުސްތަކާއި 50 ކޮޓަރިއަށް ވުރެ މަދުން ހުންނަ ހޮޓާތަކުން މާރުކުރަން ޖެހެނީ 25 ޑޮލަރެވެ.
އޭގެ ފަހުން އަމަލުކުރަން ފެށި ބޭރު ފައިސާގެ ގާނޫނުގެ ދަށުން ދެ ގޮތުން ކުރެ އެއްގޮތް އިހުތިޔާރުކުރަން ދެ ކެޓެގަރީގައި ހިމެނޭ ވިޔަފާރިތަކަށް ވެސް ފުރުސަތު ދީފައިވެ އެވެ. އެއީ ކަނޑައެޅިފައިވާ އަދަދު މާރުކުރުން ނޫނީ އެ މަހެއްގައި ލިބޭ ޖުމްލަ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމެވެ.
ގާނޫނުގައި އޮތް އަނެއް ބަދަލަކީ ކުރިން "ކެޓެގަރީ އޭ" ގައި ހިމަނާފައިވާ ސަފާރީތައް "ކެޓެގަރީ ބީ" އަށް ބަދަލުކުރުމެވެ. އެކަމަކު މި ގާނޫނު ތަންފީޒުކުރީ ޖެނުއަރީގައި ކަމުގައި ވާތީ, ސަފާރީތަކަށް ނޮވެމްބަރާއި ޑިސެމްބަރުގައި ލިބުނު ޑޮލަރުތައް މާރުކުރަން ޖެހޭނީ ގަވައިދުގައި އޮތް ގިންތީގެ ދަށުންނެވެ.
Comment