Advertisement

މާފަންނުގައި ހުންނަ ނިއު ޕްލާޒާގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީ

10 ފެބުރުވަރީ 2025 - 19:56 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މ. ނިއު ޕްލާޒާގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރަން ސިފައިން ހަރަކާތްތެރިވަނީ: މި ފަހަކަށް އައިސް މާލޭގައި ހިނގާ އަލިފާނުގެ ހާދިސާތައް އަންނަނީ އިތުރުވަމުން -- ފޮޓޯ: އިސްމާއިލް އިމްދާދު / އަދަދު


މާފަންނުގައި ހުންނަ ނިއު ޕްލާޒާގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީ

10 ފެބުރުވަރީ 2025 - 19:56 0

މާފަންނު ހެޕީ މާކެޓުގެ ބިތްދޮށުން ހުންނަ މ. ނިއު ޕްލާޒާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެކްސްގައި އެމްއެންޑީއެފުން ކުރި ޕޯސްޓެއްގައި ބުނީ ނިއު ޕްލާޒާގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބުނީ މިރޭ 7:11 ހާއިރު ކަމަށެވެ. އެ ވަގުތުން ފެށިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާން ރޯވި ނިއު ޕްލާޒާއަކީ ވަރަށް ބާ އިމާރާތެކެވެ. ހަނދުވަރީ ހިނގުމާއި ބުރުޒު މަގަށް ވާގޮތަށް ހުންނަ އެ އިމާރާތުގައި މިހާރު މީހުން އުޅޭ ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.

ނިއު ޕްލާޒާގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، ބުރުޒު މަގުގައި އޭގެ އަނެއް ކަންމަތީގައި ހުންނަ މ. ހައުސް ޕްލާޒާގައި އިއްޔެ ހެނދުނު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ. އެ އިމާރާތުގައި ހިފި އަލިފާން ސިފައިން ވަނީ ކުޑަ ވަގުތުކޮޅެއް ތެރޭގައި ނިއްވާލައިފަ އެވެ.

ކައިރި ކައިރީގައި ހުރި ދެ އިމާރާތުގައި ޖެހިޖެހިގެން އައި ދެ ދުވަހު ރޯވެފައި މިވަނީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ.

މީގެ ކުރިން މިދިޔަ ޑިސެމްބަރު މަސް ތެރޭގައި އެ ސަރަހައްދުގައި ހިންގަމުންދިޔަ ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީގައި ވެސް އަލިފާން ރޯވެ އަނދައިފައިވެ އެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރި ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.