10 ފެބުރުވަރީ 2025 - 12:52 0
އަހުމަދު އާއިދު
ކޯރާޑިން ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ދެ މީހުން --- ފޮޓޯ: ފުލުހުން
10 ފެބުރުވަރީ 2025 - 12:52 0
ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލަން މަސައްކަތް ކުރި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ތެރެެއިން އެކަކު ތަހުގީގު ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ މި މާރާމާރީ ހިންގީ 11:35 ހާއިރު ރެހެންދި ޓާފް ދަނޑު ސަރަހައްދުގަ އެވެ. ހަމަލާ ދިނީ އެ ދަނޑުގެ ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށެވެ.
މި މައްސަލާގައި އެ ސަރަހައްދުން ފުލުހުން ހައްޔަރުކުރީ ރުސްތުމް އިބްރާހިމް (25އ.) އަދި ސައިފުالله ފައިސަލް (19އ.) އެވެ. އެ މީހުން ހައްޔަރުކުރި ސަރަހައްދުން ހަމަލާދިން ކޯރާޑިއާ އިތުރު ވަޅިއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލާގެ އަދާހަމަ ދެމުން މިއަދު ފުލުހުން ބުނީ މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ތަހުގީގު އަދި ޝަރީއަތް ނިމެންދެން ބަންދުކުރީ ސައިފުﷲ އެވެ. ރުސްތަމް ބަންދުކުރަން ކޯޓުން އަމުކުރީ ތިން ދުވަހަށެވެ.
މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
Comment