10 ފެބުރުވަރީ 2025 - 10:52 0
އަހުމަދު އާއިދު
ރިޔާސީ ބަޔާން އިއްވި ދުވަހުގެ ޖަލްސާގައި މަޖިލީހުގެ މެންބަރުން ބައިވެރިވަނީ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
10 ފެބުރުވަރީ 2025 - 10:52 0
ރަށްރަށުގެ އަންހެންނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭނެހެން ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ކުރިއަށް އޮތް ރޯދައިން ފެށިގެން ޑަބްލިއުޑީސީގެ މެންބަރުންނަށް އިނާޔަތް ދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޑިސެމްބަރު 14، 2024 ގައި އދ. ގެ އަތޮޅުތަކަށް ކުރެއްވި ދަތުރުގެ ތެރެއިން އެ އަތޮޅު ދަނގެތީގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު އެވެ.
ރޯދަ އެލަވަންސް ދިނުމުގެ އިތުރުން އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތު ތަފުސީލުކޮށް ގާނޫނުގއި ހިމަނަން މި ބިލުގައި ހުށަހަޅާފައިވެ އެވެ. މި އިސްލާހާއެކު އިޖުތިމާއީ އެކި ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކި ކަންކަން ކުރުމުގެ ގާނޫނު ބާރުވެސް އެ ކޮމިޓީތަކަށް ލިބިގެންދާނެ އެވެ.
މީގެއިތުރުންވެސް މާލީ ގޮތުންނާއި އިދާރީ ގޮތުން ޑަބްލިއުޑީސީތަކުން އަމަލުކުރަން ޖެހޭ ގޮތް ބަޔާންކުރާ މާއްދާތަކަށްވެސް ބިލުގައި އިސްލާހުތަކެއް ހުށަހަޅާ އާ މާއްދާތަކެއް ހިމަނާފައިވެ އެވެ.
މީގެއިތުރުން ޑަބްލިއުޑީސީގެ މެންބަރުންނަށް ލިބޭ މުސާރައަކީ ބޭންކުތަކުން ބަލައިގަންނަ މުސާރައަކަށް ހަދައި، ލޯނު ނެގޭނެ އިންތިޒާމު ވެސް ހަމަޖައްސައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Comment