Advertisement

ސައިކަލަކާއި އެމްބިއުލާންސެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

7 ފެބުރުވަރީ 2025 - 17:16 0

އަހުމަދު އާއިދު

އ

Advertisement

މާލޭ މަގެއް މަތިން އެމްބިއުލާންސެއް ދުއްވާފައި އަންނަނީ: މިރޭގެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ވެފައެއް ނުވޭ --- ފޮޓޯ: އަދަދު


ސައިކަލަކާއި އެމްބިއުލާންސެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

7 ފެބުރުވަރީ 2025 - 17:16 0

Advertisement

Advertisement

މާލޭގައި ސައިލަކާއި އެމްބިއުލާންސެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ ޓީމުން ނޫސްތަކަށް ފޮނުވި މެސެޖެެއްގައި ބުނީ މި ހާދިސާ ހިނގީ މިރޭ އިރާކޮޅު ކަމަށެވެ. ސައިކަލާއި އެމްބިއުލާންސް ޖެހުނީ މި ފަހުން އަލިފާން ރޯވެ އެނދި ހައުސިން މިނިސްޓްރީގެ އިމާރާތް ކުރި ބިމުގެ ކައިރިން އަމީނީ މަގުގަ އެވެ.

Advertisement

އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ނިއްކުރި ދުޅަވެ އަނިޔާވެފައިވާ ކަމަށާއި އެ މީހާއަށް އައިޖީއެމްއެޗުން ފަރުވާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަނީ އެމްބިއުލާންސްގައި ޖެހި ސައިކަލު ވެއްޓިފައި އޮތް ތަނެވެ. އެ އުޅަނދު ދުއްވި މީހާ ފެންނާކަށް ނެތެވެ.

ދެ އުޅަނދަށްވެސް މާ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ތަނެއް ނުފެނެ އެވެ.

Advertisement

ފުލުހުން ބުނީ ސައިކަލާއި އެމްބިއުލާންސް ވެސް ދުއްވީ އެ އުޅަނދުތައް ދުއްވުމުގެ ލައިސަންސް އޮތް ދެ މީހުން ކަމަށެވެ. މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް އެ ހިދުމަތުން ބުންޏެވެ.