Advertisement

މާވެޔޮމަގު ކެފޭގައި މާރާމާރީ ހިންގި ކައްކާ ހައްޔަރުކޮށްފި، އެހީތެރިޔާ އައިސީޔޫގައި

6 ފެބުރުވަރީ 2025 - 14:46 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން : ފުލުހުން ވަނީ މާވެޔޮމަގު ކެފޭގައި މާރާމާރީ ހިންގި ކައްކާ ހައްޔަރުކޮށްފަ --- ފޮޓޯ: އަދަދު


މާވެޔޮމަގު ކެފޭގައި މާރާމާރީ ހިންގި ކައްކާ ހައްޔަރުކޮށްފި، އެހީތެރިޔާ އައިސީޔޫގައި

6 ފެބުރުވަރީ 2025 - 14:46 0

އަންގާރަ ދުވަހު ހެދުނު މާލޭ، މާވެޔޮމަގުގައި ހުންނަ ކެފޭއެއްގެ ތެރޭ މާރާމާރީ ހިންގި ނޭޕާލު ކައްކާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ނޫސްވެރިންނަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލާގައި ހައްޔަރުކުރީ ނޭޕާލުގެ ރައްޔިތެއް ކަމަށްވާ ސިދަރުތާ ގުރުންގު، 24، ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މާރާމާރީގައި ކައްކާގެ އިތުރުން އެ ކެފޭގެ ބަދިގޭގައި މަސައްކަތްކުރާ މީހަކަށްވެސް އަނިޔާވި އެވެ. ފުލުހުން މިއަދު ބުނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އެހީތެރިޔާއަށް މިހާރު ފަރުވާދެމުން ދަނީ އައިސީޔޫ ގައި ކަމަށެވެ.

އަނިޔާވި މީހާގެ ވީޑިއޯއެއްވެސް ސޯޝަލްމީޑިއާގައި މިހާރު ދަނީ ދައުރުވި އެވެ. މާރާމާރީގައި ޒަހަމުވި މީހާގެ ގައިން ވަރަށް ބައިވަރު ލޭ އޭނާ ހުރި ކެފޭ ތެރެއަށް ފައިބާފައި ހުރި މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައިރު، ޒަހަމުވި މީހާ ކައިރީގައި ދިވެއްސަކު ހުންނަ ތަން ވެސް ވީޑިއޯއިން ފެނެ އެވެ.