Advertisement

މިރޭ ވެސް މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަހަމުކޮށްލައިފި

4 ފެބުރުވަރީ 2025 - 22:00 0

އަހުމަދު އާއިދު

އަހުމަދު އާއިދު


މިރޭ ވެސް މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަހަމުކޮށްލައިފި

4 ފެބުރުވަރީ 2025 - 22:00 0

މިރޭ ވެސް މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމް ކޮށްލައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިރޭ މާރާމާރީ ހިންގީ އައިޖީއެމްއެޗް ކައިރީގައި ކަމަށެވެ.

އެގޮތުން ހޮސްޕިޓަލު ކައިރި ހުރި މީހަކަށް ސައިކަލެއްގައި އަދި ދެ މީހަކު ހަމަލާދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މިރޭ 8:40 ހާއިރު ކަަމަށް އެ ހިދުމަތުން ބުންޏެވެ.

އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ދިވެއްސެއްކަން ނުވަތަ ކޮން ޖިންސެއްގެ މީހެއްކަން އެނގޭނެ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.

މާރާމާރީ ހިންގި މީހުން ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ. ނަމަވެސް މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ.

މި ހާދިސާ ހިނގި ފަހުން އެ ސަރަހައްދުން ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ފުލުހުން ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު ދެތިން ސައިކަލެއް ވެއްޓިފައި އޮންނަ ތަނެވެ.

މިއީ މިއަދު މާލޭގައި ހިނގި ދެވަނަ މާރާމާރީ އެވެ. އެގޮތުން މިއަދު ހެދުނު މާވެޔޮ މަގުގައި ހުންނަ ކެފޭއެއް ތެރޭ އެތަނުގައި ކައްކާ އަދި އެހީތެރިޔާ ވަނީ އެކަކު އަނެކަކަށް ވަޅިން ހަމަލާދީފަ އެވެ.

ބަންގްލަދޭޝް އަދި ނޭޕާލަށް ނިސްބަތްވާ އެ ދެ މީހުންނަށް އައިޖީއެމްއެޗް ގައި ފަރުވާ ދެމުންދާއިރު އެކަކުގެ ހާލު ސީރިއަސް ކަމަށް ފުލުހުން މިއަދު މެންދުރު ބުންޏެވެ.