Advertisement

މަރެސްކާ ބޭނުމީ ޗެލްސީގެ އުންމީދުތައް މި ވަގުތަށް މާ މަތިނުކުރަން

4 ފެބުރުވަރީ 2025 - 13:46 0


މަރެސްކާ ބޭނުމީ ޗެލްސީގެ އުންމީދުތައް މި ވަގުތަށް މާ މަތިނުކުރަން

4 ފެބުރުވަރީ 2025 - 13:46 0

ލަންޑަން (ފެބްރުއަރީ 4) - ޗެލްސީގައި ޓީމެއް ބިނާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި ވަގުތަށް އެ ޓީމުގެ އުންމީދުތައް މާ މަތި ނުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން ކުރިއަށްދާނެ ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

ޗެލްސީގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާ އިރުޝާދުދޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން ރޭ އިނގިރޭސި ޕްރިމިއަ ލީގުގައި ޗެލްސީން ވަނީ ފަހަތުން އަރައި 2-1 އިން މޮޅުވެފަ އެވެ. ވެސްޓް ހޭމް އިން ލީޑުނެގި ފުރަތަމަ ހާފުގައި ޖެރަޑް ބޮވެން ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ޗެލްސީން ނަަތީޖާ އަނބުރާލީ ޕެޑްރޯ ނެޓޯ އާއި ވެސްޓް ހޭމްގެ އާރޮން ވަން ބިސާކާ ބައިކޮޅަށް ޖެހި ގޯލުންނެވެ.

"މިއީ މި ވަގުތަށް ބަލާއިރު އަހަރެމެންނަށް ވަރަށް މުހިންމު މޮޅެއް، ފެބްރުއަރީގައި ރަނގަޅަށް މި ގޮތަށް ޓީމު މަސައްކަތްކޮށްގެން މޮޅުވާތީ، ސީޒަނުގެ ބާކީ ބައިގައި ވެސް ކުރިއަށްދާން ހިތްވަރު ލިބޭ. އުންމީދަމީ މި ފޯމު ދެމެހެއްޓުން،" މަރެސްކާ ބުންޏެވެ.

"އަހަންނަށް އެނގޭ ޓީމެއް ބިނާކުރަން ކުރާ މަސައްކަތުގެ ތެރޭގައި، ނަތީޖާތައް އެކި ފަހަރު އަންނާނީ އެކި ގޮތަށް ކަން، މީގެ ޖެހޭނީ ބެލެންސެއް ހޯދަން. އަހަރަމެެން މި ކުރަނީ އެ ބެލަންސް ގެނައުމުގެ މަސައްކަތް، ޗެލްސީ ކުރިއަށް މި ދަނީ ރަނގަޅު މިސްރާބުން،"

މިއީ، 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން، ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗެއްގައި ޗެލްސީން ބަލިވެފައި އޮވެ، ފުރަތަމަ ހާފު ނިންމާލައި، ދެ ވަނަ ހާފަށް ނުކުމެ ނަތީޖާ އަނބުރާލި ފުރަތަމަ މެޗެވެ. އެ ފަހަރު، ޗެލްސީ މޮޅުވީ ސަައުތެމްޓަން އަތުން 3-1 އިންނެވެ.

ރޭގެ މޮޅާ އެކު، ޗެލްސީ އޮތީ 24 މެޗުން 43 ޕޮއިންޓާ އެކު، ލީގުގެ ހަތަރު ވަނައިގަ އެވެ.