ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން ދެ ވަނަ މެޗުން ކަނޑިތީމު ބަލިކޮށް އިނގުރައިދޫ ގަދަ 16އާ ގާތަށް

2 ފެބުރުވަރީ 2025 - 19:49 0

އިނގުރައިދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން ދެ ވަނަ މެޗުން ކަނޑިތީމު ބަލިކޮށް އިނގުރައިދޫ ގަދަ 16އާ ގާތަށް

2 ފެބުރުވަރީ 2025 - 19:49 0

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ދޭއްގައި، ކަނޑިތީމު އަތުން 5-2 އިން މޮޅުވެ، ރ. އަތޮޅުގެ ޗެމްޕިއަން، އިނގުރައިދޫން މުބާރާތުގެ ގަދަ 16 އަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މި ޒޯނުގައި މިރޭ ދެން ކުޅުނު މެޗުގައި، ށ. އަތޮޅުގެ ޗެމްޕިއަން، މިލަންދޫ ވަނީ 1-1 އިން ނ. އަތޮޅުގެ ޗެމްޕިއަން، މިލަދޫއާ އެއްވަރުވެފަ އެވެ.

ޒޯނުގައި އިނގުރައިދޫން ކުޅުނު ފުރަތަަމަ މެޗުގައި، 3-0 އިން މިލަންދޫ ބަލިކުރިއިރު، ފުރަތަމަ ދެ މެޗުން މޮޅުވެ، ޒޯންގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނި، މުބާރާތުގެ ގަދަ 16 އަށް ދިއުމަށް ވަނީ ފުރުސަތު ފަހިކޮށްފަ އެވެ.

ކަނޑިތީމާ ދެކޮޅަށް މުޅި މެޗު ކޮންޓްރޯލް ނަގައިގެން ކުޅުނު އިނގުރައިދޫ އަށް މި މެޗުގައި ލަނޑުތައް ޖަހައިިދިނީ، މުހައްމަދު މަމްދޫހު (މަންޑޭ) ދެ ގޯލާއި އަލީ ޝާފިއު، އައިހަމް އަހުމަދު (އައިހު) އަދި އަލީ ހާފިޒް (ހާއްޕެ) އެވެ.

ކަނޑިތީމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ، އަހުމަދު ޒަމީމް އާއި އިސްމާއިލް ނިހާން އެވެ. ކަނޑިތީމު ވަނީ ޒޯން ފުރަތަަމަ މެޗުގައި، ރ. އަތޮޅުގެ ރަނަރަޕް، ދުވާފަރު އަތުން 2-1 އިން ބަލިވެފަ އެވެ. ކަނޑިތީމަށް މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރެއް ނެެތެވެ.

މިލަންދޫން އިބްރާހިމް ޒާހީގެ ގޯލުން ލީޑުނެގި މެޗުގައި، މިލަދޫ އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ކެޕްޓަން، އަލީ ފަރީދު އެވެ.