ރައީސް މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރަށް ދައުލަތުން 1.3 މިލިއަން ރުފިޔާ ހަރަދުކުރި

2 ފެބުރުވަރީ 2025 - 10:35 1

އަހުމަދު އާއިދު

އ

ރައީސް މުއިއްޒު އެސްޓޯނިއާގެ ރައީސް އާއެކު އެ ގައުމުގައި : މި ދަތުރުގައި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވި --- ފޮޓޯ: ރައީސް އޮފީސް


ރައީސް މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރަށް ދައުލަތުން 1.3 މިލިއަން ރުފިޔާ ހަރަދުކުރި

2 ފެބުރުވަރީ 2025 - 10:35 1

ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރަށް ދައުލަތުގެ ބަޖެޓުން 1.3 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އަދި ނައިބު ރައީސް ކުރައްވާ ރަސްމީ ދަތުރުތަކަށް ހިނގާ ހަރަދުތައް ހާމަކުރާ އުސޫލުގެ ދަށުން އެސްޓޯނިއާ ދަތުރުގެ ހަރަދު ރައީސް އޮފީހުން އާންމުކުރީ މިއަދު އެވެ. އެ އޮފީހުން ބުނީ މި ދަތުރަށް ދައުލަތުން ހަރަދުކުރީ ޖުމްލަ 1،371،069ރ. އެވެ.

ދަތުރުތަކުގެ ހަރަދު ތަފުސީލު ރައީސް އޮފީހުން އާންމުކުރަން ފެށީ މި ވެރިކަމުގެ ކުރީކޮޅު އެވެ. އޭރު ވަކިވަކި ކަންކަމަށް ހަރަދުވި ވަރުގެ ތަފުސީލުވެސް އާންމުކުރި އެވެ. ނަަމަވެސް މިހާރު އާންމުކުރަނީ ޖުމްލަ އަދަދު އެކަންޏެވެ.

އެސްޓޯނިއާގެ ރައީސްގެ ދައުވަތަށް ކުރެއްވި މި ދަތުރުގައި ރައީސް މުއިއްޒުގެ އިތުރުން ބައެއް ވަޒީރުންނާއި ސަރުކާރުގެ އެހެން ވެރިންވެސް ބައިވެރިވި އެވެ.

ރައީސް މުއިއްޒު ވަނީ އެސްޓޯނިއާގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވަޒީރުން، ޓާރްޓޫގެ މޭޔަރު، ތައުލީމީ ދާއިރާގެ މަންދޫބުން އަދި އެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި އެކި މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.

އެ ދަތުރުގައި ރާއްޖެ އާއި އެސްޓޯނިއާއާ ދެމެދު ތިން އެމްއޯޔޫއެއްގައި ސޮއިކުރި އެވެ.

އެއީ ދެ ސަރުކާރު ދެމެދުގައި މައުލޫމާތު ބަދަލު ކުރުމުގެ އެއްބަސްވުމަކާއި މޫސުމާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ އިތުރުން ރާއްޖޭގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒްއާ ދެމެދު ވެވުނު އެއްބަސްވުމެވެ.

0.00%

0.00%

50.00%

50.00%

މި ލިޔުން ކިޔާލުމުން


ދަންނަ

about 1 month ago

ނުވެސް ދަންނަ ފައިދާއެއް ލިބިދަނެކަމުގެ އުންމީދެއްވެސް ގައުމަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ކަރަދުކުރައްވައިގެން ވަޑައިގަތުމުގެ ބޭނުންފުޅެއް އެބައޮތްބާ؟ އަދި ދައުވަތެއް ދެއްވިޔަސް ވަޑައިގަންނަވާކަށް ނުޖެހޭ ނޫންތޯ؟