ގާނޫނުއަސާސީ ހިމާޔަތް ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފަސްނުޖެހެމަށް ފައްޔާޒު ގޮވާލައިފި

31 ޖަނަވަރީ 2025 - 19:16 1

ލީވާން އަލީ ނާސިރު

ލ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނީ ސަރުކާރު ބަދަލުކުރަން ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު


ގާނޫނުއަސާސީ ހިމާޔަތް ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފަސްނުޖެހެމަށް ފައްޔާޒު ގޮވާލައިފި

31 ޖަނަވަރީ 2025 - 19:16 1

ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފަސް ނުޖެހުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގައި ފައްޔާޒު ވިދާޅުވީ ސުޕްރީމް ކޯޓަކީ މިއަދު ހަމައެކަނި މިނިވަންކަމެއް ކިރިޔާ ވެސް އޮތް ކަމަށް ގަބޫލު ކުރެވޭ މުއައްސަސާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަންނަވާލަން ބޭނުންވޭ ދިވެހި ރައްޔިތުން މި ކުރި ޑިމޮކްރަސީގެ ދަތުރަށް ވިސްނަވާ ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް އެބޭފުޅުން ފަސް ނުޖެހި ބިރެއް ނެތި މަސައްކަތް ކުރަންވާނެއޭ،" ފައްޔާޒު ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން މިތިބީ ބަލަން. ދިވެހި ތާރީހުގައި ލިޔެވިގެންދާނެ މި ވޭތުވެދިޔަ 25 އަކަށް އަހަރު ދިވެހި ރައްޔިތުން ކުރި މަސައްކަތް ހިފަހައްޓައި ނަގަހައްޓައި އެ ހައްގުތައް ސަލާމަތް ކުރަނީ ކޮން ބައެއްތޯ."

ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީން މަސައްކަތް ކުރާނީ މި ސަރުކާރު ބަދަލު ކުރުމުގެ އިތުރުން ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް ގެއްލިގެން ނުދާނެ ގޮތަށް އެކަން ކަށަވަރު ކުރަން ކަމަށެވެ.

"އާދެ އަޅުގަނޑުމެން އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރާނީ މި ސަރުކާރު ބަދަލު ކުރަންށާއި އަދި ގާނޫނު އަސާސީއަށް ރައްޔިތުންގެ ހައްގުތައް ގެއްލިގެން ނުދާނެ ގޮތަކަށް އެކަން ކަށަވަރު ކުރުމަށް،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީން މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ ހޯދީ އެތައް ދުވަހު ކުރި ބުރަ މަސައްކަތުން ބިރު ފަހަނަ އަޅައި ގޮސްގެން ކަމަށެވެ.

ދިވެހި ރައްޔިތުންނަށް 2010 އިން ފެށިގެން އެންމެ ބޮޑު ޔަގީންކަން ލިބުނީ ބޭސްފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް އައުން ކަމަށާއި ނަމަވެސް ސަރުކާރުގެ ދޯހޮޅި ސިޔާސަތުގެ ދަށުން އެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި އެތައް ސަތޭކަ މީހުން ވަނީ ބައިވެރިވެފަ އެވެ. އެ މުޒާހަރާގައި ރައްޔިތުން ވަނީ ސަރުކާރާ ދެކޮޅަށް އޮތް ޝުއޫރުތަކެއް ވެސް ފާޅުކޮށްފަ އެވެ.

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ވާނުވާ

29 days ago

ފައްޔާޒޫ ކަލޭބުންޏަސް ދެނެއް އެމީހުން ގުޑައެއްނުލާނެ. މިހާރުތިބީ ސަރުކާރުކޮޅުގަ. އޭރު ފައްޔާޒު ބުނިގޮތްހެދިޔަސް މިހާރު ތިޔަކަން ހަނދާންނައްތާލާ