31 ޖަނަވަރީ 2025 - 13:25 1
މުހައްމަދު ޝަހްޒާން
ދިމްޔާތުގެ ބޭރުގައި ކުލަ ލާން އުޅެނިކޮށް ވެއްޓުނު މީހާ އައިޖީއެމްއެޗަށް ގެންދަނީ -- ފޮޓޯ: ސޯޝަލްމީޑިއާ
31 ޖަނަވަރީ 2025 - 13:25 1
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގެ އެއްވަނަ ފަންގިފިލާގެ ބޭރުގައި ކުލަ ލާން އުޅުނު ބިދޭސީއަކު ވެއްޓި ޒަހަމުވެއްޖެ އެވެ.
އެ ގޭގެ ބޭރުގައި ކުލަ ލާން އުޅުނު މީހަކު ވެއްޓި ޒަހަމުވެގެން އައިޖީއެމްއެޖުގައި ފަރަުވާ ދެމުންދާކަން ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ދިމްޔާތުން ވެއްޓުނު މީހާ އައިޖީއެމްއެޗަށް ގެންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ ވެއްޓިފައި ވަނީ ދިމްޔާތުގެ ބިތްދޮށުން ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސްގެ ގޯތި ތެރެއަށެވެ.
ވެއްޓުނު މީހާ އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ އެ ވަގުތު އެތަނުގައި ތިބި މީހުންގެ އަތްދަނޑިމަތީގަަ އެވެ.
އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާޢިދުގެ ދަށުން އިމާރާތްތަކުގެ ބޭރުގައި ކުލަލުން ފަދަ މަސައްކަތްތައް ކުރަންޖެހޭނީ އެކަމަށް ހާއްސަ ސްކެފޯލްޑިން ނުވަތަ ވަގުތީ އަށި އަޅައިގެންނެވެ. އަދި އެފަދަ މަސައްކަތެއް ކުރާ މީހެއްގެ ގައިގައި ސޭފްޓީ ހާނެސް ހަރުކޮށްފައި ހުންނަން ވާނެ ކަމަށް ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައި އޮވެ އެވެ.
ނަމަވެސް ދިމްޔާތުގެ ބޭރުގައި އެފަދަ ސްކެފޯލްޑިންއެއް ނުވަތަ ހާނެސް ބެލްޓެއް ހަރުކޮށްފައި ހުރިތަން، ދިމްޔާތުގައި ކުލަ ލާން އުޅެނިކޮށް ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއަކުން ނުފެނެ އެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކޮސް
28 days ago
ދިމްޔާތަކީ ޝާހުރުކުޚާންގެ މަންނަތު ކަހަލަ ތަނެއްދޯ!
Comment