Advertisement

ޓޫރިޒަމް ވިޔަފާރިތަކަށް ފަސޭހައިން ބޭރު ފައިސާ މާރު ކުރެވޭ ބީއެމްއެލްގެ ޕްލެޓްފޯމެއް

28 ޖަނަވަރީ 2025 - 06:20 0

ލީވާން އަލީ ނާސިރު

ލ

Advertisement

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މައި އޮފީސް: ޓޫރިޒަމް ވިޔަފާރިތަކަށް ލިބޭ ޑޮލަރު އާމްދަނީގެ ބަޔެއް މިހާރު މާރުކުރަން މަޖުބޫރު-- ފޮޓޯ: އަދަދު ފައިލް


ޓޫރިޒަމް ވިޔަފާރިތަކަށް ފަސޭހައިން ބޭރު ފައިސާ މާރު ކުރެވޭ ބީއެމްއެލްގެ ޕްލެޓްފޯމެއް

28 ޖަނަވަރީ 2025 - 06:20 0

Advertisement

ޓޫރިޒަމް ވިޔަފާރިތަކަށް ފަސޭހައިން ބޭރު ފައިސާ މާރު ކުރެވޭ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕްލެޓްފޯމެއް ގާއިމުކޮށްފި އެވެ.

ބީއެމްއެލް އިން އެ ޕްލެޓްފޯމް ގާއިމުކުރީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރު ކުރެވޭ ގޮތަށެވެ.

Advertisement

ބީއެމްއެލްއިން ބުނީ އެ ހިދުމަތަކީ ބޭރު ފައިސާގެ ގާނޫނާއި އެމްއެމްއޭގެ ބޭރު ފައިސާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފެށި ހިދުމަތެއް ކަމަށެވެ.

"މި ޕްލެޓްފޯމްގެ ޒަރީއާއިން ވިޔަފާރިތަކަށް މަތީގައި ބަޔާންކޮށްފައިވާ ގާނޫނާއި ގަވައިދުގެ ދަށުން މާރުކުރަން ޖެހޭ މެންޑޭޓަރީ އެކްސްޗޭންޖް ހުރިހާ މުއާމަލާތެއް ފަސޭހަކަމާއެކު ޓްރެކްކޮށް ރިވިއު ކުރުމަށް އެކްޓިވިޓީ ރިޕޯޓުން ފެންނާނެ،" ބީއެމްއެލްއިން ބުންޏެވެ.

އެ ޕްލެޓްފޯމު މެދުވެރިކޮށް ބީއެމްއެލްއަށް ޑޮލަރު މާރުކުރާނީ 15.42 ރުފިޔާ އަށެވެ.

Advertisement

އެ އޮންލައިން ޕްލެޓްފޯމް ގާއިމުކުރުމުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލާޒިމްކޮށްފައިވާ ބޭރު ފައިސާ މާރުކުރުމަށް މަގުފަހިކޮށްދީ، ވީހާ ވެސް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.