Advertisement

ހުލާސާކޮށް އިއްޔެ: ރައީސް ދިއްދޫއަށް ވަޑައިގަންނަވާއިރު، ވައުދުވި ހޮސްޕިޓަލާއި އެއާޕޯޓު ޕީއެސްއައިޕީ ބަޖެޓުގައި ނެތް

28 ޖަނަވަރީ 2025 - 06:18 0

ރައީސް ޑރ. މުހައްމަދު މުއިއްޒު ފެބްރުއަރީ 2024 ގައި ހދ. ދިއްދު އަށް ވަޑައިގެންނެވިއިރު، މަރުހަބާ ކިޔުމަށް ނުކުމެތިބި ރައްޔިތުންނާ ސަލާމް ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ރައީސް ދިއްދޫއަށް ވަޑައިގަންނަވާއިރު، ވައުދުވި ހޮސްޕިޓަލާއި އެއާޕޯޓު ޕީއެސްއައިޕީ ބަޖެޓުގައި ނެތް

28 ޖަނަވަރީ 2025 - 06:18 0

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި ހއ. ދިއްދޫ އަށް ވައުދުވެވަޑައިގެންނެވި ހޮސްޕިޓަލާއި އެއާޕޯޓު މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ނެތްކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މި އަހަރުގެ ބަޖެޓު ފޮތުގައި ރަށްރަށުގެ ވަކިވަކި މަޝްރޫއުތައް ހިމަނާފައެއް ނުވެ އެވެ. ބަޖެޓު ފޮތުގައި ޖަހާފައި ވަނީ ޕަބްލިކް ސެކްޓަ އިންވެސްޓުމެންޓު ޕްރޮގްރާމު (ޕީއެސްއައިޕީ)ގެ މައިގަނޑު ދާއިރާތަކަށް ކުރާ ހަރަދެ އެވެ. އެ ބަޖެޓަކީ 12.4 ބިލިއަން ރުފިޔާ އެވެ.

ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން މި ނޫހަށް ވަނީ ދިއްދޫގައި ހިންގާ މަޝްރޫއުތަކުގެ ލިސްޓެއް ލިބިފަ އެވެ. މި ލިސްޓުގައި ރައީސް ވައުދުވެވަޑައިގެންނެވީ ބޮޑެތި މަޝްރޫއުތައް މި އަހަރަށް ބަޖެޓުކޮށްފައި ނެތެވެ.

މުހިއްމު ބައެއް ހަބަރު