Advertisement

ޑިމޮކްރެޓްސްގެ ރައީސަކަށް އިމްތިޔާޒު، ނައިބަކަށް ވަހީދު ހޮވިއްޖެ

27 ޖަނަވަރީ 2025 - 12:42 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


ޑިމޮކްރެޓްސްގެ ރައީސަކަށް އިމްތިޔާޒު، ނައިބަކަށް ވަހީދު ހޮވިއްޖެ

27 ޖަނަވަރީ 2025 - 12:42 0

ދަ ޑިމޮކްރެޓްސްގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް އެ ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވި އިމްތިޔާޒް ފަހުމީ އަދި ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު ހޮވިއްޖެ އެވެ.

އެ ދެ ބޭފުޅުން ޑިމޮކްރެޓްސްގެ ލީޑަޝިޕަށް ހޮވުނުކަން އިއުލާނުކޮށްފައިވަނީ އެ ޕާޓީގެ ނެޝަނަލް އެސެމްބްލީން ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ދެ މަގާމަށް ވެސް ކުރިމަތިލީ އެންމެ ކެންޑިޑޭޓެކެވެ.

އެހެންކަމުން، އިންތިހާބަކާ ނުލާ މަގާމަށް ހޮވިފައިވާ ކަމަށް ނިންމީ ޑިމޮކްރެޓްސްގެ އިންތިހާބުތަކާ ބެހޭ ކޮމިޓީންނެވެ. އެ ނިންމުން ފާސްކުރީ ނޭޝަނަލް އެސެމްބްލީގެ ރޭގެ ބައްދަލުވުމުގައި ބައިވެރިވި 34 މެންބަރުންގެ އިއްތިފާގުންނެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ހަސަން ލަތީފް އިސްތިއުފާ ދެއްވުމަށް ފަހު، އެމްޑީޕީއަށް ސޮއިކުރުމާ ގުޅިގެންނެވެ. އަދި ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި މުހައްމަދު ޝިފާޒު އެމްޑީޕީއަށް ސޮއިކުރުމުންނެވެ.

މި މަގާމުތައް ހުސްވުމާއެކު އެ ޕާޓީގެ ނެޝަނަލް އެސެމްބްލީން ވަނީ ވަގުތީ ރައީސް އަކަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން އިންތިހާބުކޮށް ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.