26 ޖަނަވަރީ 2025 - 15:54 0
ލީވާން އަލީ ނާސިރު
26 ޖަނަވަރީ 2025 - 15:54 0
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ގެ ސީސަން 1 ލޯންޗްކޮށް, "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2025" ގެ ނަމުގައި އައު މުބާރާތްތަކެއް ތައާރަފްކޮށްފި އެވެ.
މި އަހަރުގެ ޑީއެމްޖީސީގައި "ޕަބްޖީ" އަދި "މޯބައިލް ލެޖެންޑްސް: ބޭން ބޭން" ހިމެނެ އެވެ. އަދި އެ ޗެމްޕިއަންޝިޕްގައި މި ފަހަރު މުޅިން އަލަށް "ރޮކެޓް ލީގް" އަދި "އެފްސީ 25" ހިމެނެ އެވެ.
ޗެމްޕިއަންޝިޕްގައި ކޮންމެ ގޭމަކަށް ހާއްސަކޮށްގެން ތައްޔާރު ކޮށްފައިވާ މުބާރާތްތައް ކުރިއަށް ދާނެއެވެ. މި ގޮތުން، "ޕަބްޖީ މޯބައިލް ކޮލިފައި"ގެ އެންމެ ގަދަ 16 ގެ ގަދަ ހިފުމެއް ފެނިގެންދާނެއެވެ. އަދި، މޯބައިލް ލެޖެންޑްސްގެ ވެސް އެންމެ ގަދަ ހަތް ޓީމުގެ މެދުގައި ވާދަވެރި ފައިނަލް މެޗްތަކެއް ބޭއްވޭނެއެވެ.
މީގެ އިތުރުން، ކުޅުންތެރިންނަށް "ރޮކެޓް ލީގު" ގެ 2v2 މެޗުތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބި، އަދި އެފްސީ 25 ގައި އަމިއްލަ ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މިގޮތުން، ރާއްޖޭގެ ކޮންމެ ދިމާލެއްގައި ހުރި، ކޮންމެ ފެންވަރެއްގެ ކުޅުންތެރިއަކަށް ވެސް މި ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.
ފޯރި ގަދަ، އަދި ތަފާތު ހަރަކާތްތަކެއް ފެނިގެންދާނެ މި ޗެމްޕިއަންޝިޕްގެ މައިގަނޑު އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހު މާލޭ ސިޓީގަ އެވެ.
ދިރާގުން ބުނީ އެ ޗެމްޕިއަންޝިޕް ފަރުމާކޮށްފައިވާ ފޯ-ގޭމް ފޯމްޓްގެ އެހީގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ގޭމިންއަށް ޝައުގުވެރިވާ މީހުން އެއް ތަނަކަށް ގެނެސް، އެ ކުޅުންތެރިންގެ ތަފާތު ހުނަރުތައް ދައްކާލުމަށް ފުރުސަތު ލިބިގެންދާނެ އެވެ.
"މި ޗެމްޕިއަންޝިޕް އިންތިޒާމުކުރުމުން، ދިވެހިރާއްޖޭގައި ތިބި ގޭމް ކުޅުންތެރިންނަށް އައު ތަޖުރިބާތަކެއް ހޯދައިދީ، އެ ފަރާތްތަކުގެ ހުނަރު އިތުރުކޮށް، ގޭމިން ކޮމިއުނިޓީ ކުރިއެރުވުމަށް ޑީޖީޖީ އިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަވެގެންދޭ،" ދިރާގުން ބުންޏެވެ. .
ޑީޖީޖީގައި މިއަދާ ހަމައަށް 4،000 މެންބަރުން ރަޖިސްޓްރީ ކޮށްފައިވާއިރު، އެ އެންމެންނަށް ހާއްސަކޮށްގެން ޑީޖީޖީން ވަނީ ވާދަވެރި އަދި ކާމިޔާބު ގިނަ މުބާރާތްތަކެއް ހިންގައި، ރާއްޖޭގެ ވާދަވެރި ގޭމިން ކުރިއަރުވަން ދަނީ އެންމެ ކުރީސަފުގައި ހަރަކާތްތެރިވަމުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިންގ ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment