22 ޖަނަވަރީ 2025 - 11:15 0
ލީވާން އަލީ ނާސިރު
22 ޖަނަވަރީ 2025 - 11:15 0
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ ރައީސްގެ މަގާމަށް ދ.މީދޫ، ބިއްލޫރިވާދީ ސަފާ ޝަފީގު މިއަދު އިންތިހާބުކޮށްފި އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި ބްރޯޑްކޮމްގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވީ ވެސް ސަފާ އެކަނި އެވެ.
މިގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުން އެ މަގާމަށް ސަފާ އިންތިހާބުވީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ކަމަށް ވެސް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ބްރޯޑްކޮމްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ ދައުރު ހަމަވުމުންނެވެ.
ދައުލަތުގެ މީީޑިއާގައި ޕްރެޒެންޓަރެއްގެ ވަޒީފާ ގިނަ އަހަރުތަކަކަށް އަދާކޮށްފައިވާ ސަފާއަށް މަޖިލީހުން ރުހުން ދީފައިވަނީ އެޕްރީލް 26, 2023 ގަ އެވެ. އަދި މަގާމަށް އައްޔަނުކުރީ މެއި 9، 2023 ގަ އެވެ.
ސަފާ ވަނީ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް އާޓްސް އިން ސޯޝަލް ޕޮލިސީ އަދި މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީއިން މާސްޓާސް އޮފް ކޮމިއުނިކޭޝަން ހާސިލު ކުރައްވައިފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment