Advertisement

ތުރުކީގެ ސްކީ ރިސޯޓު ހޮޓެލެއްގައި ރޯވެ 66 މީހުން މަރުވެއްޖެ

22 ޖަނަވަރީ 2025 - 07:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ތުރުކީގެ ސްކީ ރިސޯޓުގެ ހޮޓަލެއްގައި ރޯވުން: އެ ހޮޓަލުގައި ތިބި 66 މީހުން ވަނީ މަރުވެފައި -- ފޮޓޯ: އޭޕީ


ތުރުކީގެ ސްކީ ރިސޯޓު ހޮޓެލެއްގައި ރޯވެ 66 މީހުން މަރުވެއްޖެ

22 ޖަނަވަރީ 2025 - 07:46 0

ތުރުކީގެ ހުޅަނގު އުތުރުގައި އޮންނަ ސްކީ ރިސޯޓު ހޮޓަލެއްގައި ރޯވެ 66 މީހުން މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން 11 ފަންގިފިލާއަށް ހަދާފައިވާ އެ ހޮޓަލުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ރެސްޓޯރަންޓް ހިންގަމުންދިޔަ ހަތަރު ވަނަ ފަންގިފިލާގަ އެވެ. ޖުމްލަ 161 ކޮޓަރު ހުންނަ އެ ހޮޓަލުގައި އަލިފާނުގެ ހާދިސާ ހިނގިއިރު އެ ހޮޓަލުގައި 234 މީހުން ތިބި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ޔާލިކަޔާ ވިދާޅުވީ އަލިފާނުގެ ހާދިސާގައި ހޮޓަލުގައި ތިބި 66 މީހުން މަރުވެފައިވާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

އެ ހާދިސާގައި 50 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ތުރުކީގެ ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ހޮޓަލުގެ ވެރިމީހާ ހިމެނޭ ގޮތަށް ހަތަރު މީހަކު ހައްޔަރުކޮށް، މައްސަލައިގެ ތަހުގީގު ވަނީ ފަށައިފަ އެވެ.

އެ ތަހުގީގަށް ހަ ޕްރޮސެކިއުޓަރުން އައްޔަނުކޮށް، ތަޖުރިބާކާރުންގެ ޓީމެއް އަންނަނީ އަލިފާނުގެ ހާދިސާ މެދުވެރިވާން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އިމާރާތުގައި ހުޅުގަނޑު ވަރަށް ބޮޑަށް ހިފި އެވެ. އަދި އަލިފާން ރޯވި ވަގުތު ފަޔާ އެލާމް ސިސްޓަމް މަސައްކަތް ނުކުރާ ކަމަށް ވެސް އެ ހޮޓަލުގައި ތިބި ބައެއް ގެސްޓުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފަ އެވެ.