Advertisement

ހުލާސާކޮށް އިއްޔެ: ފައިސަލްގެ ދަތުރުތައް ހުއްޓުވުން

21 ޖަނަވަރީ 2025 - 05:59 0

ޓޫރިޒަމް މިނިސްޓަރު ފައިސަލް


ހުލާސާކޮށް އިއްޔެ: ފައިސަލްގެ ދަތުރުތައް ހުއްޓުވުން

21 ޖަނަވަރީ 2025 - 05:59 0

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ގުޅުން ގޯސްވެ، އަބްދުއްރަހީމްގެ ދަރިފުޅު, ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ ރަސްމީ ހުރިހާ ދަތުރެއް ހުއްޓާލަން ރައީސް އޮފީހުން އަންގައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ގިނަ މަސްދަރުތަކުން މި ނޫހަށް ކަށަވަރުކޮށް ދިން ގޮތުގައި ފައިސަލްގެ ދަތުރުތައް ހުއްޓާލަން ރައީސް އޮފީހުން އެންގީ މި ހަފުތާގެ ތެރޭގަ އެވެ. މިފަދަ އެންގުމެއް އަންގާފައި މިވަނީ ރާއްޖެއިން ބޭރަށް ރަސްމީ ދަތުރުތަކެއްގައި ވަޑައިގަތުމަށް ފައިސަލް ރާވާފައިވަނިކޮށެވެ.

ސަރުކާރުގެ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިފަދައިން އަންގާފައި މިވަނީ ރައީސް މުއިއްޒު އަދި އަބްދުއްރަހީމްގެ ގުޅުން ގޯސްވުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

މީގެ ކުރިން ވެސް ރައީސް މުއިއްޒު އާއި އަބްދުއްރަހީމްގެ ގުޅުން ގޯސްވި އަޑުތަކެއް ފެތުރުނެވެ. ނަމަވެސް އެފަހަރު އެކަން އަބްދުއްރަހީމް ދޮގުކުރެއްވި އެވެ. ރައީސް އާއެކު އޮތް ގުޅުން ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުންދާ ކަމަށްވެސް އަބްދުއްރަހީމް މިދިޔަ ނޮވެމްބަރު މަހު ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އޭރު އަޑުފެތުރުނީ 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އަބްދުއްރަހީމްގެ ޝައުގު ހުރި ކަމަށެވެ.

"ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ދުވަހަކުވެސް ނުގެންގުޅެން. އަދި ކުރިއަށް އޮތްތާކުވެސް ނުގެންގުޅޭނަން. ވާދައެއް ނުވެސް ކުރާނަން. އެފަދަ ފުރުސަތެއް ލިބުނަސް އެކަމުން ސަލާމަތް ވާނަން،" އެ ވާހަކަތައް ދޮގުކުރައްވާ އެމަނިކުފާނު އޭރު ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު