55 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން މެލޭޝިއާގެ ހެކްސްޓާއާ ހަވާލުކޮށްފި

20 ޖަނަވަރީ 2025 - 14:19 1

އަމަން ހަލީމް

އ

ކައުންސިލް އިމާރާތްތައް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ލޯކަލް ކައުންސިލް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑރ. މުނާ އަދި ހެކްސްޓާގެ ފަރާތުން ސޮއިކުރީ އަލީ ޝަރީފު -- ފޮޓޯ: ލޯކަލް ކައުންސިލް މިނިސްޓްރީ


55 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން މެލޭޝިއާގެ ހެކްސްޓާއާ ހަވާލުކޮށްފި

20 ޖަނަވަރީ 2025 - 14:19 1

ރަށްރަށުގެ ކައުންސިލް އިމާރާތައް އަޅަން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން 55 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ އެކީ މިއަދު ސޮއިކޮށްފި އެވެ.

މި ކައުންސިލް އިމާރާތްތަކަކީ 100 ރަށެއްގައި ކައުންސިލް އިމާރާތްތައް އަޅަން ވެފައިވާ ވައުދުގެ ދަށުން ކޮންޓްރެކްޓަރު ފައިނޭންސް ކުރާ ގޮތަށް އަޅާ ކައުންސިލް އިމާރާތްތަކެވެ. އިތުރު 50 ރަށެއްގެ ކައުންސިލް އިމާރާތްތައް އަޅަން ހަރަދުކުރަނީ ޗައިނާއިންނެވެ.

ލޯކަލް ކައުންސިލް މިނިސްޓްރީން "އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުގައި މި އެއްބަސްވުމުގައި އެ މިިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ޑރ. އާއިޝަތު މުނާ އެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރީ ހެކްސްޓާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފެވެ.

މި މަސައްކަތް ހަވާލުކުރީ މެލޭޝިއާ ކުންފުންޏާ އެކީ ކަމުގައި ސަރުކާރުން ބުނި ނަމަވެސް ހެކްސްޓާ މޯލްޑިވްސްގައި މެލޭޝިއާ ކުންފުނީގެ އެއްވެސް ހިއްސާއެއް އޮތް ކަމަކަށް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއަކުން ނުދައްކަ އެވެ. ހެކްސްޓާ މޯލްޑިވްސްގެ ހަމައެކަނި ހިއްސާދާރަކީ އެއްބަސްވުމުގައި ސޮއިކުރި އަލި ޝަރީފެވެ.

މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްއަކީ މައިގަނޑު ގޮތެއްގައި އެގްރޯކެމިކަލް އާއި ފާޓިލައިޒާގެ ވިޔަފާރިއަށް ހާއްސަވާ ޓްރޭޑިން އަދި އިންވެސްޓްމަންޓް ހޯލްޑިން ކުންފުންޏެކެވެ. ޕްރައިވެޓު ކުންފުންޏެއްގެ ގޮތުގައި ފެށި މި ކުންފުންޏަކީ 2009 އިން ފެށިގެން އާންމުންނަށް ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެކެވެ.

ލޯކަލް ކައުންސިލް މިނިސްޓްރީން މި އެއްބަސްވުމާ ގުޅޭ އިތުރު މައުލޫމާތެއް އާންމުނުކުރާތީ ހެކްސްޓާ އެއްބަސްވުމުގެ ދަށުން ކައުންސިލް އިމާރާތްތައް އަޅާ ރަށްތަކާއި އެއްބަސްވުމުގެ އަގެއް އަދި ނޭނގެ އެވެ. އަދި ހެކްސްޓާ މޯލްޑިވްސްއާ ހެކްސްޓާ ގްލޯބަލް ގުޅޭ ގޮތެއް ވެސް ސާފެއް ނުކުރެވުނެވެ.

މިފަހުން ރަށްރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކީ ވަޑައިގެން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް ވަނީ 187 ރަށަކުން ކައުންސިލް އިމާރާތްތައް އަޅަން އެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ކައުންސިލް އިމާރާތްތައް އަޅަން ބަޔަކާ ހަވާލުކުރިއިރު, ސަރުކާރުން ކުރިން ބުނަމުން އައީ މި މަސައްކަތް ކުރާނީ ރައްޔިތުންގެ ބައިވެރިވުމާ އެކީ, އާންމުންގެ ހިޔާލު ހޯދައިގެން ކަމަށެވެ. އަދި ފުރަތަމަ އިމާރާތްތައް އަޅާ ރަށްތައް ހޮވާނެ އުސޫލެއް ވެސް އާންމުކުރާނެ ކަމަށް އޭރު ބުންނެވެ.

ނަމަވެސް މިއަދާ ހަމައަށް މިކަމާ ގުޅޭ އުސޫލެއް އާންމުނުކުރާ ތަނުގައި އާންމުންގެ ހިޔާލު ހޯދާކަށް ވެސް ހުޅުވާނުލަ އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ހަސަންދީ(ލ)

3 months ago

ކައުންސިލް އިމާރާތް އަޅަނީ ކޮން ރައްތަކެއްކަން އެނގެން ނެތީ ގައުމީ ސަލާމަތައް ނުރައްކާވާތީތަ؟ ތި އިމާރާތްތައް ފަލަމަޑިހެން ބިމުގެ އަޑިއަށް ނުފައިބައިފިނަމަ ވަރަށް ރަނގަޅު!